އާމިރް ހާން އާއި އަންހެނުން ކިރަން ރާއޯ ހާން އަށް ސްވައިން ފްލޫ ޖެހިއްޖެ އެވެ.
އެންމެ އަވަހަށް ރިލީޒްވާ އާމިރުގެ ފިލްމު "ތަގްސް އޮފް ހިންދުސްތާން"ގެ އެކްޝަން މަންޒަރުތަކަކާއި މެދު ފިލްމުގެ ޕްރޮޑިއުސަރު ހިތްހަމަ ނުޖެހިގެން އަލުން އެ މަންޒަރުތައް ނަގަން ހަމަޖެހިފައިވަނިކޮށް އާމިރަށް ސްވއިން ފްލޫޖެހިފައިވާތީ އޭނާ ވަނީ އެކަމާ ހިތާމަ ކުރާ ކަމަށް ބުނެފައި އެވެ. އާމިރު ބުނީ ގެއިން ނިކުންނާނީ ސްވައިން ފްލޫ ރަނގަޅު ވުމުން ކަމަށެވެ.
ދެމަފިރިންނަށް ސްވައިން ފްލޫ ޖެހިފައިވާ ކަން ހާމަ ކުރީ އަމިއްލަ ޖަމިއްޔާއަކުން އިންތިޒާމް ކުރާ ހަރަކާތެއްގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި އާމިރު ދާން ހަމަޖެހިފައި އޮއްވަ ބަލިވުމުން ބަދަލުގައި އާމިރުގެ އެދުމަށް ޝާރުކް ހާން އެ ހަރަކާތައް ގޮސްދިނުމުން އެކަމަށް ޝުކުރު އަދާކޮށް އާންމު ކުރި ވީޑިއޯ މެސެޖެއްގައި އެވެ.
އާމިރު ބުނީ ހަފްތާއެއްހާ ދުވަހު ގޭގައި ތިބޭނެ ކަމަށެވެ. މިހާރު ބައްޔަށް ފަރުވާ ހޯދަމުންދާ ކަމަށާއި ވަރަށް ބޮޑަށް ބަލީގެ އަސަރު ދެމީހުންނަށްވެސް ކޮށްފައިވާ ކަމަށެވެ. އެކަމަކު ކުދިންނަށް ބަލި ޖެހުނު ކަމެއް ނުވަތަ ނޫން ކަމެއް ހާމައެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް