"ބާހްބަލީ" ގެ ދެ ތަރިން ކަމަށްވާ ޕްރަބާސް އާއި އަނުޝްކާ ޝެޓީ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ޕްރަބާސް ދޮގުކޮށްފި އެވެ.
އުމުރުން 37 އަހަރުގެ ޕްރަބާސް ބުނީ އަނުޝްކާ އާއިވެސް އެހެން އަންހެނަކާވެސް ލޯބީގެ ގޮތުން އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އޭނާ ބުނީ ދެތިން ފިލްމެއް އެއް ތަރިއަކާއި އެކު ކުޅެލާއިރަށް މީޑިއާއިން އެއީ ލޯބިވެރިންގެ ގޮތުގައި ސިފަ ކުރަނީ ކަމަށެވެ.
އެކަހަލަ ވާހަކަތަކަށް އެއްވެސް އިރެއްގައި ސަމާލުކަން ނުދޭ ކަމަށް އޭނާ ބުންޏެވެ. އިތުރަށް ބުނެފައިވަނީ ކައިވެންޏަކާ ދޭތެރޭ ވެސް ނުވިސްނާ ކަމަށާއި އަވަސް މުސްތަގުބަލެއްގެ ތެރޭގައި ކައިވެނި ކުރުމުގެ ހިޔާލެއް ވެސް ނެތް ކަމަށެވެ.
ރިޕޯޓުތައް ބުނާގޮތުގައި "ބާހްބަލީ"ގެ މަޝްހޫރު ކަމަށް ފަހު ޕްރަބާސް އާއި ކައިވެނި ކުރުމަށް އެދި 500 އަށްވުރެ ގިނަ އަންހެނުން ހުށަހެޅި އެވެ. ޕްރަބާސް ބުނެފައިވަނީ އޭނާ މީހަކާ އިނުމާއި ދޭތެރޭ ސަޕޯޓާރުން ވިސްނާނެ ކަމެއް ނެތެވެ.
ޕްރަބާސް ދެން އެންމެ އަވަހަށް ފެނިގެންދާނީ "ސާހޯ" އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް