ދިވެހިރާއްޖެއިން މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދިއުމަށް ހަމަޖެހިފައިވާ 1000 ހައްޖުވެރިންގެ ތެރެއިން
ފުރަތަމަ ހައްޖާޖީން މިއަދު މާލެއިން ފުރާނެ ކަމުގައި އިސްލާމިކް މިނިސްޓްރީން ހާމަކޮށްފި އެވެ.
މިނިސްޓްރީން ހާމަކުރާގޮތުގައި މިއަދު ހެނދުނު 25:9 ގައި ސްރީލަންކަން އެއާލައިންގެ 103 ފްލައިޓުން ފުރުމަށް ހަމަޖެހިފައި ވަނީ ޒަޢީ ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ޙަވާލުގައި ހައްޖަށްދާ 96 ހައްޖާޖީންނެވެ.
"މިއަހަރު ހައްޖަށްދާ ހުރިހާ ހައްޖާޖީންވެސް އެއަރޕޯޓަށް ގެންދިއުމުގެ އިންތިޒާމްވަނީ އެމް.ޓީ.ސީ.ސީ އާއި ގުޅިގެން މިނިސްޓްރީގެ ފަރާތުން އިންތިޒާމް ކުރެވިފައެވެ. ހުރިހާ ހައްޖާޖީންވެސް މާލެއިން ފުރާނީ 1 ނަންބަރު ޖެޓީންނެވެ. އަދި ހައްޖުވެރިންނަށް މާލެއިން ފުރުމާއި އެއަރޕޯޓުގައި އެމް.އެން.ޑީ.އެފް އާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އެމް.އޭ.ސީ.އެލްގެ ފަރާތުން ޚާއްޞަ އެހީތެރިކަމަކާއި އިންތިޒާމްތަކެއް ވަނީ ހަމަޖައްސާފައެވެ." މިނިސްޓްރީން ހާމަކުރެ އެވެ.
މީގެ އިތުރުން ހައްޖުވެރިންނަށް ބޭނުންވާނެ އިންތިޒާމްތައް ހަމަޖެއްސުމަށް މިނިސްޓްރީގެ ހައްޖު މިޝަންގެ ޓީމެއް ވަނީ 3 އޮގަސްޓް 2017 ސައޫދީދަށް ފޮނުވާފައިވާކަމަށާއި އަދި ރާއްޖެއިން ހައްޖަށްދާ 1000 ހައްޖުވެރިން މިނާއާއި ޢަރަފާތުގައި އެއް ސަރަހެއްގައި ތިބެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައި ކަމުގައި މިނިސްޓްރީން ހާމަކުރެ އެވެ.
މިއަހަރު "އަމީރުލް ހައްޖު" ގެ ގޮތުގައި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިނިސްޓަރ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓް އޮނަރަބަލް އަލްފާޟިލް މުޙައްމަދު ސަޢީދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް