ގެފުޅުގެ އުރަކޮޅު ހަލާކު ކުރާތީ ތިރީބައި ކުރު ކުރަނީ!

މާތްވެގެންވާ ކައުބަތުﷲ ގެފުޅުގެ އުރަކޮޅަކީ ކޮންމެ އަހަރެއްގެ ހައްޖު ދުވަހު ބަދަލު ކުރާ އެއްޗެކެވެ. މިއަހަރުގެ އުރަކޮޅު ބަދަލު ކުރުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާއިރު މިހާރު ދަނީ އުރަ...

07 Aug 2017 | 03:00

މާތްވެގެންވާ ކައުބަތުﷲ ގެފުޅުގެ އުރަކޮޅަކީ ކޮންމެ އަހަރެއްގެ ހައްޖު ދުވަހު ބަދަލު ކުރާ އެއްޗެކެވެ.

މިއަހަރުގެ އުރަކޮޅު ބަދަލު ކުރުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާއިރު މިހާރު ދަނީ އުރަކޮޅު ފެހުމުގެ މަސައްކަތް ކުރަމުންނެވެ. އުރަކޮޅުގައި ބޭނުންކުރާ ފޮއްޗާއި، ރަން ރޮދީގެ އަދަދު ފަދަ މައުލޫމާތުތަކެއް އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު މިފަހަރު އެހެން ބަދަލެއް ގެންނަން ނިންމާފައިވާކަން ކިންގް އަބްދުލް އަޒީފް ކޮމްޕްލެކްސް ފޯ ދަ ކާބާސް ގާމަންޓުން ވަނީ ހާމަކޮށްފައި އެވެ.

އެތަނުގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ބަގައުދަހާ ވިދާޅުވީ ގެފުޅުގެ އުރަކޮޅުގެ ތިރިން ތިން މީޓަރު ވަރު ކުރުކުރަން ނިންމާފައިވާ ކަމަށެވެ. ނުވަތަ ތިން މީޓަރަށް ފޮތިގަނޑު ހިއްލާލާނީ ކަމަށް ވިދާޅުވެފައި ވެއެވެ. އެކަމާ ގުޅޭގޮތުން ފަހުގެ މަޝްވަރާތައް ކުރެވެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގެފުޅުގެ އުރަކޮޅުގެ ތިރީބައި ކުރުކުރަން ނިންމަނީ ހައްޖަށާއި އުމްރާއަށް ދާ މީހުން ގެފުޅުގައި އަތްލުމުގެ ނަމުގައި އުރަކޮޅުގައި އަތްލާ، އުރަކޮޅުން ފޮތި ކަފައިގެންނާއި ވީދައިގެން ގެންދާތީ އެވެ. މީހުން އެހެން ހަދަނީ އެނބުރި ގައުމަށް ދިއުމަށް ފަހު ސަވާބު ހޯދުމުގެ ނިޔަތުގައި ކަމަށް ވެ އެވެ.

މިދިޔަ އަހަރު ގެފުޅުގެ އުރަކޮޅު ފެހުމަށް 120 ކިލޯ ގްރާމްގެ “ރަން ރޮދި” ބޭނުންކޮށްފައިވެ އެވެ. ފޮތީގެ ގޮތުގައި ބޭނުންކޮށްފައިވަނީ ވަރުގަދަ މަޑު އޮމާން ފޮއްޗެކެވެ. ބޭނުންކުރި “ރަން ރޮދީގެ” އަގަކީ 22 މިލިއަން ސައުދީ ރިޔާލެވެ.

ގެފުޅުގައި ލައްވާ އުރަކޮޅުގެ ފުޅާ މިނުގައި 95 ސެންޓިމީޓަރު ހުރެ އެވެ. އަދި ދިގުމިނުގައި ނުވަ މީޓަރު ހުންނަ އިރު ހަތަރުކަން ބައްދަން 47 ދަތި ކަހަލަ އެއްޗެއް ބޭނުން ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް