ހދ.ނޭކުރެންދޫ ސްކޫލްގެ ބެލެނިވެރިންނަށް ހޭލުންތެރިކުރުމުގެ ޕްރޮގުރާމެއް ހިންގައިފިއެވެ.
ފުލުހުން ބުނީ އޮގަސްޓް މަހުގެ 3 ވަނަ ދުވަހުރޭ ފުލުހުން އިސްނަގައިގެން ހދ.ނޭކުރެންދޫ ކައުންސިލާއި ނޭކުރެއްދޫ ސްކޫލް ގުޅިގެން ހިންގި މި ޕްރޮގުރާމުގައި މައުލޫމާތުދީފައި ވަނީ ކުށަކީ ކޮބައިކަމާއި އާންމު އިޖުތިމާޢީ މިންގަނޑުތަކާ ހިލާފު ޢަމަލުތަކާ ގުޅޭގޮތުންނާއި ދަރިން ރަނގަޅުގޮތުގައި ތަރުބިއްޔަތުކުރުމާ ގުޅޭގޮތުން ކަމަށެވެ.
"މީގެއިތުރުން ގެވެށި އަނިޔާގެ މައްސަލަތަކާ ގުޅޭގޮތުންނާއި ކުޑަކުދިން ކުރާ ކުށްތަކާއި ކުޑަކުދިންގެ ގައިގާ ރަނގަޅު އަހްލާގް އަށަގެންނެވުމަށްޓަކައި ބެލެނިވެރިން އަދާކުރަންޖެހޭ ދައުރާ ގުޅޭގޮތުންވެސް މަޢުލޫމަތު ދީފައިވެއެވެ." ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށް ބުނީ މިޕްރޮގުރާމްގައި މަޢުލޫމާތު ދީފައިވަނީ ހދ.ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ޕޮލިސް ސްޓާފް ސަރޖަންޓް ޢަލީ މުހައްމަދު ކަމަށާއި މިޕްރޮގުރާމް ކުރިއަށް ގެންދިއުމުގައި ހދ.ނޭކުރެއްދޫ ކައުންސިލްގެ ފަރާތުންނާއި ނޭކުރައްދޫ ސްކޫލްގެ ފަރާތުންނާއި ބެލެނިވެރިންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ފުލުހުންނަށް ލިބިފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް