ތިނަދޫ ސިޓީގައި ލޯންޗެއް ޖެޓީގައި ޖެހި އެކްސިޑެންޓެއް – ހަތަރު މީހަކަށް އަނިޔާވި

ތިނަދޫ ސިޓީގެ ފެރީ ޓާމިނަލް ޖެޓީއާއި ގާތްކުރި ލޯންޗެއް ކޮންޓްރޯލް ނުވެގޮސް ޖެޓީގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ. އަނިޔާވެފައިވަނީ ކެޕްޓަނާއި ދެ އަންހެނަކާއި އަދި ކްރ...

07 Jul 2025 | 14:23

ތިނަދޫ ސިޓީގެ ފެރީ ޓާމިނަލް ޖެޓީއާއި ގާތްކުރި ލޯންޗެއް ކޮންޓްރޯލް ނުވެގޮސް ޖެޓީގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.

އަނިޔާވެފައިވަނީ ކެޕްޓަނާއި ދެ އަންހެނަކާއި އަދި ކްރޫއަކަށެވެ.

މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މއިދު މެންދުރު 01:50 ހާއިރުގައެވެ.

"މި ލޯންޗުގައި ތިން އަންހެނަކާއި އެއް އަހަރުގެ ތުއްތު ކުއްޖަކާއި ކެޕްޓަނާއި އަދި ފަޅުވެރިޔާ ހިމެނޭހެން ޖުމުލަ ހަ ފަރާތެއް ދަތުރުކުރި" ފުލުހުން ބުނެފައިވެއެވެ.

އަނިޔާވި ފަރާތްތަކަށް ތިނަދޫ ސިޓީ ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް