ގަލޮޅު ކަންމައްޗަކީ ގިނަ ބަޔަކު ދަންނަ މަޝްހޫރު ސަރަހައްދެކެވެ. އެ ސަރަހައްދަށް މިހާރު އިތުރު ފުރިހަމަކަމެއް ގެނެސްދެނީ ހެދިކާ އިންތިހާއަށް މީރު އަދި މީރު ކެއުންތައް ނަން ހުސްކޮށް، އޯޑަރު ދިނުމުން ޑެލިވަރކޮށްދޭ، ގަލޮޅު ކަންމަތި ބިސްޓްރޯއެވެ.
ރަހުމަތްތެރިންނާއެކު ހަވީރު ސައެއް ބޯލަން ވަދެލަން އެންމެ ކަމުދާނެ އެއް މާހައުލަކަށް ގަލޮޅު ކަންމަތި ބިސްޓްރޯ ވާނެ ކަމަށް އެ ކެފޭއިން ގަބޫލުކުރެއެވެ. އަދި އެ ކެފޭގެ ގުޅަ ބަޖިޔާއާއި ކަވާބަކީ ކަސްޓަމަރުންގެ މެދުގައި އިންތިހާ މަގުބޫލު ހެދިކާކަން އެ ކެފޭއިން ބުނެއެވެ.
ގަލޮޅު ކަންމަތި ބިސްޓްރޯ ހިންގަމުން އަންނަނީ 12 އަހަރުގެ ތަޖުރިބާއާއެކު ކެފޭ ލީކްސް ހިންގަމުން އަންނަ މެނޭޖްމަންޓުންނެވެ. އެ ތަޖުރިބާއާއެކު ގަލޮޅު ކަންމަތި ބިސްޓްރޯގެވެސް މެނޫ އިންތިހާ މުއްސަންޖެވެ.
ހެނދުނު ސަޔަށް ރޮށި/ޑިސްކު/މަސްހުނި/ކުޅިމަސް/ރިހާކުރު ޕެކޭޖު ހިމެނޭއިރު ފްރައިޑް ރައިސް، ފްރައިޑް ނޫޑްލްސް އަދި އޯޑަރު ދިނުމުން ތައްޔާރުކޮށްދޭ އެތައް ކެއުމެއް ގަލޮޅު ކަންމަތި ބިސްޓްރޯގެ މެނޫގައި ހިމަނާފައިވެއެވެ.
ގަލޮޅު ކަންމަތި ބިސްޓްރޯގެ ހޮޓްލައިން ނަމްބަރު 7447445 އަށް ގުޅާލުމުން ނުވަތަ އޯޑަރު މެސެޖުކޮށްލުމުން މާލޭގެ ކޮންމެ ސަރަހައްދަކަށްވެސް ހިލޭ ޑެލިވަރވެސް ކޮށްދޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް