ޓިކްޓޮކްގައި އަންހެން ހެދުން އަޅައިގެން ބޭއަދަބީ އަމަލުތައް ހިންގަމުން އައި މުހައްމަދު ނަބީލް (ޔާޔާ) ޑްރަގް ޓްރެފިކިންގެ ކުށުގައި އުމުރަށް ޖަލަށް ލުމަށް އިއްޔެ ކޯޓުން ހުކުމް ކޮށްފި އެވެ.
މި ހުކުމް އައީ އޭނާގެ މައްޗަށް ޑްރަގް ޓްރެފިކިންގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ.
ޑްރަގް ޓްރެފިކިންގެ ކުށް ސާބިތުވެ އުމުރަށް ޖަލަށް ލުމުގެ އިތުރުން، ޔާޔާ 100،000 (އެއް ލައްކަ) ރުފިޔާއިން ޖޫރިމަނާކުރުމަށް ވެސް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
މީގެ ކުރިން ވެސް ޔާޔާ އެކި ފަހަރުމަތިން ހައްޔަރުކޮށް، ގިނަ މައްސަލަތަކުގައި ތުހުމަތުކުރެވިފައިވާ ފަރާތެކެވެ. އޭގެ ތެރޭގައި، ޓިކްޓޮކްގައި ބަރަހަނާވެ، އެފަދަ އަމަލުތައް ހިންގި މައްސަލައެއް ފާހަގަކޮށްލެވެ އެވެ. 2022 ވަނަ އަހަރު، ޓިކްޓޮކްގައި އޮރިޔާން ކާޑު ހެދުމާއި، އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގައި ކްރިމިނަލް ކޯޓުން އޭނާ އެއް އަހަރާއި އެއް މަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް