މިސްކިތެއްގައި އޮތް ޚަތިމެއްގައި ދަތްއަޅާއި ވީދާލި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

މިސްކިތެއްގައި އޮތް ޚަތިމެއްގައި ދަތްއަޅައި ވީދާލި މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަގްލަދޭޝްއަށް ނިސްބަތްވާ އެމްޑީ މަންނާން(34) އެވެ. ކްރިމިނަލް ކޯޓުން އޭނާގެ ބަންދަ...

07 Jul 2024 | 13:56

މިސްކިތެއްގައި އޮތް ޚަތިމެއްގައި ދަތްއަޅައި ވީދާލި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަގްލަދޭޝްއަށް ނިސްބަތްވާ އެމްޑީ މަންނާން(34) އެވެ.

ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް މިއަދު ވަނީ15 ދުވަސް ޖަހާފައެވެ.

ފުލުހުން ކޯޓަށް ހުށަހަޅާފައިވާ ރިޕޯޓުން އޭނާ ވަނީ މިސްކިތުގައި އޮތް ޚަތިމެއްގައި ދަތްއަޅާއި ވީދާލާފައި ކަމަށް ކޯޓު އަމުރުގައިވަނީ ބުނެފައެވެ. އަދި އޭނާ ބަންދުގައި ބެހެއްޓުމަށް ތުހުމަތު ކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށް އެ އަމުރުގައި ބުނެފައިވެއެވެ.

އަދި އޭނާ އަކީ ބިދޭސީއަކަށް ވުމުން ފިލައިގެން ގޮޮސްދާނެތީ އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ކަމަށް ވެސް އެ އަމުރުގައި ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް