އެމްއެމްޕީއާރްސީގެ ބޯޑު މެމްބަރު ކަމަށް ދެ ބޭފުޅަކު އައްޔަން ކޮށްފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ބޯޑު މެންބަރު ކަމަށް ދެ ބޭފުޅަކު އައްޔަން ކޮށްފިއެވެ. ޕީސީބީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެމްއެމްޕީއާރްސީ ބޯޑަށް ...

07 Jul 2024 | 11:19

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ބޯޑު މެންބަރު ކަމަށް ދެ ބޭފުޅަކު އައްޔަން ކޮށްފިއެވެ.

ޕީސީބީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެމްއެމްޕީއާރްސީ ބޯޑަށް އައްޔަން ކުރީ، އއ. އުކުޅަސް، އައްސޭރި، އަބްދުއްސަމީއު އިމާދް (ދަފްތަރު ނަންބަރު 12480) އަދި އާއިޝަތު ހަމީދު އެވެ.

އާއިޝަތު އެމްއެމްޕީއާރްސީގެ ބޯޑަށް އައްޔަން ކޮށްފައިވަނީ އާއްމު މެންބަރެއްގެ ގޮތުގައެވެ. އަދި އިމާދަކީ ، ގެސްޓު ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެވެސް ބޯޑު މެންބަރެކެވެ.

ޕީސީބީން މައުލޫމާތު ދިން ގޮތުގައި އެ ދެބޭފުޅުން ބޯޑަށް އައްޔަން ކުރީ މި މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

އެ މަގާމަށް ދެ މެންބަރަކު އައްޔަން ކޮށްފައި މިވަނީ އެ ކޯޕަރޭޝަނުގެ ޗެއާޕާސަން ކަމުގެ މަގާމުގައި ހުންނެވި، އާއިޝަތު ނޫރައިން ޖަނާހު އަދި ބޯޑުގައި ސަރުކާރު ތަމްސީލު ކުރެއްވި ރާފިލް މުހައްމަދު އިސްތިއުފާ ދެއްވާފައި ވަނިކޮށެވެ.

ނޫރައިން މަގާމުން އިސްތިއުފާދެއްވާފައިވަނީ މެއި މަހުގެ 21 ވަނަ ދުވަހުއެވެ. އަދި ބޯޑު މެމްބަރު ކަމުން ރާފިލް އިސްތިއުފާ ދެއްވީ އޭޕްރިލް މަހުގެ ތެރޭގައެވެ.

އެ ދެ ބޭފުޅުންގެ އިސްތިއުފާއަށް ފަހު، އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި ފާތިމަތު ތައުފީގު (ކުޑީ) ވަނީ، މިދިޔަ މެއި މަހުގެ 22 ވަނަ ދުވަހު މަގާމުން ވަކިކޮށްފައެވެ.

އޭގެ ފަހުން، އެ ކުންފުނީގެ ހިންގުން މެއި 23 ވަނަ ދުވަހު ހަވާލުކުރީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ބައްސާމު އާދަމްއާއެވެ. އެމްއެމްޕީއާރްސީއެއް އާ އެމްޑީއެއް އައްޔަނުކުރީ، މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ. އެ ކުންފުނީގެ އާ އެމްޑީއަކީ، ކުރީގެ  އިބްރާހިމް ޝިއުރީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް