މޯލްޑިވިއަންގެ އެއާބަސް އޭ320 މަތިންދާބޯޓަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް ޑާކާއަށް އަލުން ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.
ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކުރިން ޝެޑިއުލްކޮށްފައިވާ އިންޖިނިއަރިން ސާވީސްއެއްގެ ސަބަބުން މެލޭޝިއާގެ ސެޕަން އިންޖިނިއަރިންގައި އެއާބަސް އޭ320 މަތިންދާބޯޓް މަރާމާތުކޮށްފައިވާކަމަށް މޯލްޑިވިއަން އިން މިއަދު ވަނީ ބުނެފައެވެ.
އަދި އެ މަސައްކަތް ނިމި ބޯޓު މިއަދުގެ ވަގުތެއްގައި ރާއްޖެ އަންނާނެ ކަމަށް ވެސް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.
ބޯޓު ރާއްޖެ އައުމާއި އެކު މިރޭ9:00 ގައި އަލުން ޑާކާއަށް ދަތުރު ފެށުމަށް ވަނީ ޝެޑިއުލް ކޮށްފައެވެ.
ޑާކާއަށް އިއްޔެ ދަތުރު ކުރުމަށް ޝެޑިއުލް ކޮށްފައި ވަނިކޮށް ބޯޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން އެ ދަތުރު ވަނީ ކެންސަލް ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް