ސްޓެލްކޯގެ ސަބްސްޓޭޝަނަކުން ކޭބަލް ބުރިކޮށްގެން ވައްކަން ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 32 އަހަރުގެ ދިވެހި ފިރެހެނެކެވެ.
މާލޭގައި ކޭބަލް ވަގަށް ނެގުމުގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ސްޓެލްކޯގެ ސަބްސްޓޭޝަނަކުން ކޭބަލް ވަގަށް ނެގީ މިދިޔަ އަންގާރަ ދުވަހުގެ ފަތިހެވެ.
މި ކޭބަލް ވަގަށް ނެގުމާއި ގުޅިގެން އެދުވަހު ވަނީ މަޖީދިއްޔާ ސްކޫލާއި، ހެންވޭރުގެ އަބަދަށް ފެހި މަގާ، މެދު ޒިޔާރަތް މަގާ، ކަޅު ހުރާ މަގާ އަދި ކަރަންކާމަގުގެ ބައެއް ގޭ ތަކުން ކަރަންޓު ކެނޑިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް