ސެންޓާ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގައި ނަމާދު ކުރުމަށް ޙާއްސަ ތަނެއް ހުޅުވައިފިއެވެ.
އިސްލާމިކް މިނިސްޓަރ މުޙައްމަދު ޝަހީމް މިކަމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ސުކޫލުގެ ދަރިވަރުންނަށް ނަމާދުކުރުމުގެ ޖާގަ ތަނަވަސްކޮށްދިނުމުގެ ތަސައްވަރުގެ ދަށުން ކުރިއަށް ގެންދެވުނު މަސައްކަތެއް ކަމަށެވެ. އަދި އެތަނަކީ އިސްލާމިކް މިނިސްޓްރީން ފަންޑު ކޮށްގެން ގާއިމްކޮށްފައިވާ ތަނެއް ކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ އެތަނުގައި ވިޟޫކުރުމުގެ އިންތިޒާމްވެސް ހަމަޖެހިފައި ހުންނާނެކަމަށެވެ.
ޒަމާނީ ފެންވަރަށް ތައްޔާރުކޮށްފައިވާ އެ ތަނަކީ ޖާގަ ތަނަވަސް ތަނެކެވެ.
ސްކޫލުގެ ވަގުތުތަކުގައިވެސް ދަރިވަރުންނަށް މިތަނުގައި ނަމާދު ކުރުމަށް މަގު ފަހި ވެގެން ދާނެއެވެ.
ދަރިވަރުންނަށް ނަމާދުގެ މުހިންމު ކަން އަންގައި ދިނުމުގެ ގޮތުން ގިނަ ސުކޫލުތަކުގައި ބޮޑު ޖަމާއަތުގައި ނަމާދު ކުރެއެވެ. ބައެއް ސުކޫލުތަކުގައި ނަމާދުކުރުމަށް ޙާއްސަ ކުރެވިފައިވާ ކްލާހެއް ހުންނަ އިރު އަނެއް ބައި ސުކޫލު ތަކުގައި ކުލާސް ރޫމް ތަކުގައިވެސް ނަމާދު ކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް