ދުނިޔޭގެ އެންމެ ތިރި ކާރު ކަމަށް ބެލެވޭ ކާރު ދައްކާލައިފިއެވެ.
ސޯޝަލް މީޑިއާގައި މި ކާރުގެ ފޮޓޯއާއި ވީޑިއޯ އާއްމު ކުރުމާއެކު މި ކާރަށް ބޮޑު މަގްބޫލު ކަމެއް ލިބިގެންދިޔައެވެ.
މި ކާރަކީ އިޓަލީއަށް ނިސްބަތްވާ ޒުވާން ތިން ރަހުމަތްތެރިއަކު ތައްޔާރު ކުރި ކާރެކެވެ. މި ކާރުގެ ވީޑިއޯ އަޕްލޯޑްކޮށްފައިވަނީ އެ ތިން ރަހްމަތްތެރިން ހިންގަމުން އަންނަ ޔޫޓިއުބް ޗެނަލް "ކާރްމަގެޑަން" ޗެނަލަށެވެ.
މި ކާރު ތައްޔާރު ކުރުމަށް އެމީހުން އެންމެ ފުރަތަމަ ގޮނޑުން، ފިއެޓް ޕެންޑާ ބްރޭންޑްގެ ބާ ކާރެއް ހޯދިއެވެ. އަދި ކިރިޔާ މީހަކަށް އެތެރޭގައި އޮވެވޭވަރަށް ޖާގަ ބެހެއްޓުމަށްފަހު ކާރު ކަފާފިއެވެ.
އަދި އެއަށްފަހު 50 ސީސީގެ މޯބައިލް އިންޖީނެއް ފިޓްކޮށް ފްރޭމެއް ހަދައި ކާރުގެ ތެރެއަށް ފިޓް ކުރިއެވެ. އަދި ތިރިކަމުން މަގު ރަނގަޅަށް ނުފެންނާނެތީ ގޯޕްރޯއެއް މަތީގައި ހަރުކޮށް އެ ގޯޕްރޯ މޯބައިލްފޯނަކާ ގުޅާލިއެވެ.
މި ކާރަށް ގިނަ ބައެއްގެ ސަމާލުކަން ލިބެމުން އަންނައިރު ދުނިޔޭގެ ރެކޯޑްފޮތަށް އެރުމަށް އެ ތިން ރަހުމަތްތެރިން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް