އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުން އުރީދޫ މޯލްޑިވްސްގެ މުވައްޒަފުންނަށް، ބޭސިކް ފަޔަރ އެވެއަރނަސް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
އެމްއެންޑީއެފުން ބުނެފައިވާގޮތުގައި ބ.އޭދަފުށީގައި ހުންނަ އުރީދޫ މޯލްޑިވްސް ބްރާންޗުގައި ޖުލައި 6 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަންގައި އުރީދޫ މޯލްޑިވްސް، ބ.އޭދަފުށީ ބްރާންޗުގެ އަށް މުވައްޒަފުން ބައިވެރިވިއެވެ.
މި ސެޝަންގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތާއި، އަލިފާނުގެ ބައިތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، ފަޔަރ އެކްސްޓިންގުއިޝަރ އަދި ފަޔަރ ބްލޭންކެޓް ބޭނުން ކުރާނެ ގޮތް ހިމެނޭކަމަށާއި އަދި މި ސެޝަންގެ ބައިވެރިން ވަނީ ފަޔަރ އެކްސްޓިންގުއިޝަރ ބޭނުންކޮށްގެން އަލިފާން ނިއްވާން ފަރިތަކޮށްފައިވާކަމުގައި އެމްއެންޑީއެފުން ބުނެއެވެ.
މި ސެޝަންގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގެ ފަޔަރމަނުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް