މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށްދިޔަ ދިވެހި ހައްޖުވެރިންގެ ދެވަނަ ގްރޫޕް ރާއްޖެ އަތުވެއްޖެއެވެ.
ރާއްޖެ އައި ދެވަނަ ގްރޫޕަކީ ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ހަވާލުގައި ހައްޖަށް ދިޔަ ގްރޫޕެކެވެ.
ހައްޖުވެރިންގެ ދެވަނަ ގްރޫޕް ރާއްޖެ އަތުވެފައިވާއިރު ތިންވަނަ ގްރޫޕާއި ހަތަރުވަނަ ގްރޫޕް މާދަމާ ރާއްޖެ އަންނާނެއެވެ. އަދި އެއަށްފަހު އަންގާރަ ދުވަހު ދެ ފްލައިޓް އަދި ބުދަ ދުވަހު ފްލައިޓެއް އަންނާނެއެވެ. އެންމެ ފަހު ފްލައިޓް އަންނާނީ އަންނަ ހުކުރު ދުވަހުގައެވެ.
https://twitter.com/dhuvasmv/status/1677175988273180672
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް