ދިރާގާއި ސްޕާރކްހަބް ގުޅިގެން ބާއްވާ ލީން ސްޓާރޓްއަޕް މޯލްޑިވްސް 2023 ގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ވަރކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވަނީ 14 ން 16 ޖުލައި 2023ގެ ނިޔަލަށެވެ.
ލީން ސްޓާރޓްއަޕް މޯލްޑިވްސް އަކީ އުއްމީދީ ވިޔަފާރިވެރިންނާއި އިނޮވޭޓަރުންނަށް ސްޓާރޓްއަޕްތައް ބިނާކުރުމަށް ނުވަތަ އިނޮވޭޝަން ހިންގުމަށް ބޭނުންވާ ޢިލްމާއި ވަސީލަތްތަކާއި ވިސްނުމަށް އަހުލުވެރިކުރުމަށް ފަރުމާކޮށްފައިވާ އިންޓެންސިވް ސްޓާރޓްއަޕް ބޫޓްކޭމްޕެކެވެ. މި ވަރކްޝޮޕަކީ 'ލީން ސްޓާރޓްއަޕް' ނަމަކަށް ކިޔާ މެތަޑޯލޮޖީގެ މައްޗަށް ބިނާކޮށް ފަރުމާކުރެވިފައިވާ ވަރކްޝޮޕެކެވެ.
3 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ބޫޓްކޭމްޕްގެ ތެރޭގައި ލީން ސްޓާރޓްއަޕް ކެންވަސް ބޭނުންކޮށްގެން ވިޔަފާރީގެ ޚިޔާލުތައް ތަރައްޤީކޮށް އިތުރަށް ފުރިހަމަ ކުރުމަށް އަމަލީ ހަރަކާތްތަކާއި ގްރޫޕް ހަރަކާތްތަކާއި ތަޖުރިބާކާރުންގެ ސެޝަންތައް ބައިވެރިންނަށް ކިޔައިދެވިގެންދާނެއެވެ. މީގެ އިތުރުން ދެމެހެއްޓެނިވި ވިޔަފާރިއެއް ބިނާކުރުމަށްޓަކައި އިނގެން ޖެހޭ އަސާސީ ކަންތައްތަކާއި ކަސްޓަމަރުން ދެނެގަނެ ހޯދުމުގެ މަރުހަލާއާއި ބެހޭ އެކި ވަސީލަތްތަކާއި އުކުޅުތައްވެސް ބައިވެރިންނަށް މި ވަރކްޝޮޕްއިން އިނގިގެންދާނެއެވެ.
ލީން ސްޓާރޓްއަޕް މޯލްޑިވްސް 2023ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މި ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ:
ދިރާގާއި ސްޕާކްހަބް ގުޅިގެން ލޯކަލް ސްޓާޓްއަޕް ސަގާފަތަށް އެހީތެރިކަން ފޯރުކޮށްދީ، ސްޓާޓްއަޕް އިކޯސިސްޓަމް ރާއްޖޭގައި ގާއިމުކުރުމަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ދިރާގުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް