ތްރެޑްސް އަށް އިލޯން މަސްކްގެ ރައްދު: ވާދަވެރިކަން އޯކޭ، މަކަރު ހެދުން އޯކޭއެއް ނޫން

ފޭސްބުކްގެ މައި ކުންފުނި މެޓަ އިން އިއްޔެ އަލަށް ލޯންޗުކުރި ތްރެޑްސް އެޕްލިކޭޝަނަށް ޓްވިޓާގެ ވެރިޔާ އަދި މަހުޖަނު އިލޯން މަސްކު ރައްދު ދެއްވައިފިއެވެ. އެގޮތުން ޓްވިޓާއިން ތްރެޑްސްއާއި ދެކޮޅަށް ކޯޓަށް ...

07 Jul 2023 | 05:07

ފޭސްބުކްގެ މައި ކުންފުނި މެޓަ އިން އިއްޔެ އަލަށް ލޯންޗުކުރި ތްރެޑްސް އެޕްލިކޭޝަނަށް ޓްވިޓާގެ ވެރިޔާ އަދި މަހުޖަނު އިލޯން މަސްކު ރައްދު ދެއްވައިފިއެވެ.

އެގޮތުން ޓްވިޓާއިން ތްރެޑްސްއާއި ދެކޮޅަށް ކޯޓަށް ދާން މަސައްކަތްކުރަމުން އަންނަކަން ޓްވިޓާއިން ހާމަކުރުމުން އެކަމަށް ތާއީދުކޮށް ބާރުދިނުމުގެ ގޮތުން އިލޯން މަސްކު ބުނެފައިވަނީ ވާދަވެރިކަމަށް ނިކުތުމަކީ މައްސަލައެއް ނޫން ކަމަށާއި އެހެން ނަމަވެސް މަކަރު ހެދުމަކީ ބޮޑު މައްސަލައެއް ކަމަށެވެ.

ޓްވިޓާއި ތްރެޑްސް ގޮވައިގެން ކޯޓަށް ދާން މަސައްކަތްކުރަމުން އަންނައިރު ޓްވިޓާއިން ތުހުމަތު ކުރަނީ ތްރެޑްސްއިން ޓްވިޓާގެ ވިޔަފާރީގެ ސިއްރު ތަކާއި ބައެއް އިންޓަނެޓް ޕްރޮޓޮކޯލާއި އަދި ޓްވިޓާގެ ބައެއް ޑާޓާ ސްކްރޭޕްކޮށްގެން އެ ޑާޓާގެ ބޭނުން ނަހަމަގޮތުގައި ހިފަމުން އަންނަ ކަމަށެވެ.

ތްރެޑްސް ގޮވައިގެން ކޯޓަށް ދާން ޓްވިޓާއިން މަސައްކަތްކުރަމުން އަންނައިރު ލޯންޗުކުރިތާ އެއް ދުވަސްތެރޭގައި 55 މިލިޔަނަށްވުރެ ގިނަ މީހުން ވަނީ ތްރެޑްސް ބޭނުންކުރަންފަށާފައެވެ.

ޓްވިޓާއާއި ދާދި އެއްގޮތް، ގާތްގަނޑަކަށް އެއް ކަންތައްތަކެއް ކުރެވޭ ތްރެޑްސް އަކީ ޓްވިޓާއަށް އޮތް ބިރަކަށް ވެފައިވާއިރު މާކް ޒަކަބާގް ތްރެޑްސް ލޯންޗުކުރި ދަނޑިވަޅަކީ ޓްވިޓާއިން އެކި ގޮތްގޮތުން ޔޫޒާސްގެ އަތުން ފައިސާ ނަގަމުންދިޔަ ދަނޑިވަޅެކެވެ. އޭގެ ތެރޭގައި ވެރިފައި ބެޖްތަކަށް ލާރި ނެގުމާއި ޓްވީޓް ޑީ ލިމިޓް ކުރުމަށް ފައިސާ ނެގުން ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް