ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް ރާއްޖެ އަތުވެއްޖެ

މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ހައްޖަށް ދިޔަ ދިވެހީންގެ ތެރެއިން ފުރަތަމަ ގްރޫޕް ރާއްޖެ އަތުވެއްޖެއެވެ. މިއަދު ރާއްޖެ އައިސްފައިވަނީ އަލް މަނާސިކް ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައި...

07 Jul 2023 | 04:40

މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ހައްޖަށް ދިޔަ ދިވެހީންގެ ތެރެއިން ފުރަތަމަ ގްރޫޕް ރާއްޖެ އަތުވެއްޖެއެވެ.

މިއަދު ރާއްޖެ އައިސްފައިވަނީ އަލް މަނާސިކް ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައި ހައްޖަށް ދިޔަ ގްރޫޕެވެ.

ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް މިއަދު ރާއްޖެ އައިސްފައިވާއިރު މިއަދު އަންނަ ދެވަނަ ގްރޫޕްގެ ހައްޖުވެރިން މިހާރުވަނީ ފުރުމަށް އެއާޕޯޓަށް ގޮސްފައެވެ. ދެން އަންނާނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ގްރޫޕެކެވެ.

މިއަދު ހައްޖުވެރިންގެ ދެ ފްލައިޓެއް ރާއްޖެ އަންނައިރު ދެން ހައްޖުވެރިންގެ ގްރޫޕެއް އަންނާނީ އަންނަ ހޯމަ ދުވަހުގައެވެ. އަދި އެއަށްފަހު އަންގާރަ ދުވަހު ދެ ފްލައިޓް އަދި ބުދަ ދުވަހު ފްލައިޓެއް އަންނާނެއެވެ. އެންމެ ފަހު ފްލައިޓް އަންނާނީ އަންނަ ހުކުރު ދުވަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް