ސްޓޭޓް ޓްްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރޭޑިއޯ ގްރަފީ ކޯހެއް ފެށުމަށް ތައްޔާރުވެއްޖެއެވެ.
އެސްޓީއޯ އިން ބުނީ މި ކޯސް ފަށާނީ މިއަހަރުގެ ސެޕްޓެމްބަރ މަހު ކަމަށާއި މިއީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއާ އެލައިޑް ހެލްތް ކައުންސިލުން ގަބޫލުކުރާ އެ އިދާރާތަކުގެ ހުއްދަ ލިބިފައިވާ ކޯހެއް ކަމަށެވެ.
މިކޯހަށް ކޯހަށް ވަނުމުގެ ޝަރުތަކަށް އޭލެވެލް ސައިންސްޓްރީމްގެ ދެ މާއްދާއިން ފާސްވެފައިވުން ކަމަށްވާއިރު، އެސްޓީއޯ އިން ބުނީ ފުރަތަމަ ބެޗުގައި ކޯހަށް ހޮވޭ 25 ކުދިންގެ ކޯސްފީ ހަމަޖައްސައިދޭނީ އެ ކުންފުނިން ކަމަށެވެ. މިއީ ލެވެލް 5، ޑިޕްލޮމާ ފެންވަރުގެ ކޯހެއް ކަމަށާއި ކޯހުގެ މުއްދަތަކީ 2 އަހަރާއި 6 މަސް ކަމަށް ވެސް އެސްޓީއޯ އިން ބުނެއެވެ.
އެ ކުންފުނިން ބުނީ ކޯހުގެ ކިޔެވުން ކުރިޔަށްދާނީ 2 އަހަރަށް ކަމަށާއި އިންޓަރންޝިޕް މުއްދަތަކީ 6 މަސް ކަމަށެވެ.
ކިޔެވުން ކުރިޔަށް ގެންދާނީ އެސްޓީއޯ ޓްރޭޑް ސެންޓަރުގައި 2019 އަހަރު ރަޖިސްޓަރީ ކުރެވުނު އެސްޓީއޯ ޓްރެއިނިންގ އިންސްޓިޓިއުޓް އަދި 2021 ވަނަ އަހަރުގެ ޖޫންމަހު ހުޅުވި އެސްޓީއޯ. ޖީއީ ސްކިލް ލެބްގައި ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް