އަރަފާތް ދުވަހުގެ ރޯދަ

ހައްޖު މަހުގެ ނުވަ ވަނަ ދުވަހަކީ ދުނިޔެ ދެކޭނެ އެންމެ މާތް ދުވަހެވެ. އަރަފާތު ދުވަސް ނުވަތަ ހައްޖު ދުވަހަކީ ހައްޖުގެ އެންމެ މުހިންމު ރުކުން ކަމުގައިވާ، އަރަފާތުގައި ހުރުމުގެ އަޅުކަން އަދާ ކުރެވޭ ދުވަހ...

07 Jul 2022 | 17:26

ހައްޖު މަހުގެ ނުވަ ވަނަ ދުވަހަކީ ދުނިޔެ ދެކޭނެ އެންމެ މާތް ދުވަހެވެ. އަރަފާތު ދުވަސް ނުވަތަ ހައްޖު ދުވަހަކީ ހައްޖުގެ އެންމެ މުހިންމު ރުކުން ކަމުގައިވާ، އަރަފާތުގައި ހުރުމުގެ އަޅުކަން އަދާ ކުރެވޭ ދުވަހެވެ.

އަރަފާތް ދުވަހުގެ މެންދުރު ފަހުގެ ވަގުތަކީ، ﷲ ސުބުހާނަހޫ ވަތައާލާ ދުނިޔޭ އުޑަށް ފައިބާ ވޮޑިގެން، އަރަފާތު ބިމުގައިވާ އަޅުތަކުންނާމެދު ފަހުރުވެވޮޑިގެންވާ ދުވަހެވެ.

އަރަފާތު ދުވަހާމެދު ކީރިތި ރަސޫލާ صلى الله عليه وسلم ހަދީސް ކުރައްވާފައި ވެއެވެ. «مَا مِنْ يَوْمٍ أكْثَرَ مِنْ أَن يَعْتِقَ اللهُ فِيهِ عَبْدًا مِنَ النَّارِ مِنْ يَوْمِ عَرَفَةَ». رواه مسلم މާނައީ: "އަރަފާތު ދުވަހަށްވުރެ ގިންނައި މާތް ﷲ އެކަލާނގެ އަޅުތަކުން ނަރަކައިން މުއްތިކުރައްވާ އެހެން ދުވަހެއް ނުވެއެވެ."

ކަން މިހެން ހުރިއިރު، މި ދުވަހު ރޯދަ ހިފުމަކީ މޮޅުއިތުރު ވެގެންވާ ކަމެކެވެ.  އެހެނީ އަރަފާތް ދުވަހުގެ ރޯދައަށް ހާއްސަ ދަރުމަޔާއި ސަވާބެއް ވެއެވެ.

އަރަފާތް ދުވަހު ރޯދަ ހިފުމާގުޅޭ ގޮތުން، ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި ސުވާލު ދެންނެވުނެވެ. އެކަލޭގެފާނު ހަދީސް ކުރެއްވި އެވެ. "އެދުވަހު ރޯދަ ހިފުމަކީ، ފާތިވެދިޔަ އަހަރާއި، އަންނަން އޮތް އަހަރުގެ ކުދި ފާފަތައް ފުއްސެވޭނޭ ކަމެކެވެ."

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް