ހައިކޯޓަށް އައްޔަންކުރާ ދެ ފަނޑިޔާރުންނަކީ ދީބާނާޒް ފަހުމީ އާއި މުޙައްމަދު ސަލީމް

ހައިކޯޓަށް އައްޔަންކުރާ ދެ ފަނޑިޔާރުންނަކީ ކ.މާލެ މ. ގުލްޝަން، އަލްއުސްތާޛާ ދީބާނާޒް ފަހުމީ އާއި ފ. ބިލެތްދޫ، މޯނިންގްވިލާ، އަލްއުސްތާޛު މުޙައްމަދު ސަލީމް ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފި...

07 Jul 2022 | 11:08

ހައިކޯޓަށް އައްޔަންކުރާ ދެ ފަނޑިޔާރުންނަކީ ކ.މާލެ މ. ގުލްޝަން، އަލްއުސްތާޛާ ދީބާނާޒް ފަހުމީ އާއި ފ. ބިލެތްދޫ، މޯނިންގްވިލާ، އަލްއުސްތާޛު މުޙައްމަދު ސަލީމް ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.

އެ ކޮމިޝަނުން ބުނީ ދިވެހިރާއްޖޭގެ ހައިކޯޓަށް ކުރިމަތިލާފައިވާ ފަރާތްތަކުގެތެރެއިން، ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވާ ކަމަށެވެ.

އަލްއުސްތާޛާ ދީބާނާޒް ފަހުމީއަކީ މެލޭޝިއާ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ޤާނޫނީ ރޮނގުން ބެޗްލަރ އޮފް ލޯ (އޮނަރސް) ހާސިލް ކުރައްވާ، ނިއުޒިލެންޑްގެ ޔުނިވަރސިޓީ އޮފް ކެންޓަރބަރީން މާސްޓަރ އޮފް ލޯ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޖިނާއީ އަދުލުގެ ނިޒާމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާ 17 އަހަރު ދުވަހުގެ ތަޖުރިބާ ހލިބިލައްވާފައިވާއިރު، ކްރިމިނަލް ކޯޓުގެ ޤާޟީކަމުގެ މަޤާމް 2020 ސެޕްޓެންބަރު 02 އިން ފެށިގެން ގެންދަވަނީ އަދާކުރައްވަމުންނެވެ.

ކުއްލިޔަތުއް ދިރާސަތިލް އިސްލާމިއްޔާއިން ބެޗްލާރސް ޑިގްރީ ޙާޞިލްކުރައްވާފައިވާ އަލްއުސްތާޛު މުޙައްމަދު ސަލީމް އަކީ ހައިކޯޓުގެ ލީގަލް އޮފިސަރގެ މަޤާމުގައި 12 އަހަރު ދުވަހު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.

އަލަށް އައްޔަނުކުރުމަށް ނިންމާފައިވާ މި ދެފަނޑިޔާރުން ހުވާ ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އޮގަސްޓް މަހުގެ 9 ދުވަހު ކަމަށް ޖޭއެސްސީން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް