ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން އެމްޑީޕީއަށް ސޮއި ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާ ތަމްސީލުކުރައްވަމުން ގެންދަވާ ސައުދު ހުސައިން އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ. މިހައިތަނަށް އަމިއްލަ މެންބަރެއްގެ ގޮތުގައި ހުންނެވި ސައުދު، ވެރިކަން ކުރާ މައ...

07 Jul 2022 | 10:21

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާ ތަމްސީލުކުރައްވަމުން ގެންދަވާ ސައުދު ހުސައިން އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.

މިހައިތަނަށް އަމިއްލަ މެންބަރެއްގެ ގޮތުގައި ހުންނެވި ސައުދު، ވެރިކަން ކުރާ މައި ޕާޓީއަށް ސޮއި ކުރެއްވި ވަކި ސަބަބެއް މިހައިތަނަށް ހާމަކުރައްވާފައެއް ނުވެއެވެ. އަދި މިކަމާއިގުޅިގެން އޭނާގެ ރަސްމީ ބަހެއް ވެސް ހާމަކުރައްވާފައެއް އަދިނުވެއެވެ.

ސައުދު އެމްޑީޕީއަށް ސޮއިކުރެއްވުމުން އަމިއްލަ މެންބަރެއްގެ ގޮތުގައި މިވަގުތު މަޖިލީހުގައި ތިއްބަވާނީ ހަތަރު މެންބަރުންނެވެ.

ސައުދާއެކު ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެންބަރުންގެ އަދަދު 66 އަށް އިތުރުވާނެއެވެ.

ސައުދު ހުސައިން ސިޔާސީ ހަރަކާތްތައް ޑީއާރުޕީން ފެއްޓެވުމަށް ފަހު، ޕީޕީއެމްއާ އެކު މަސައްކަތް ކުރެއްވި ސައުދު އެންމެ ފުރަތަމަ އިންތިޚާބުވީ 2014 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް