މާލޭގައި ބޮޑު ޖަމާއަތުގެ އިތުރުން 32 މިސްކިތެއްގައި އަޟްހާ އީދު ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ 1443 ވަނަ އަހަރުގެ އަޟްޙާ ޢީދު ނަމާދު، މާލެ ސަރަޙައްދުގައި ބޮޑު ޖަމާޢަތުގައި ކުރާތަންތަނުގެ އިތުރުން މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގެ މިސްކިތްތަކުގެ ތެރެއިން 32 މިސްކިތެއްގައި ކުރާނެ ކަމަށެވެ.
މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގެ މިސްކިތްތަކުގެ ތެރެއިން އަޟްޙާ ޢީދު ނަމާދު ކުރުމަށް ވަނީ:
- މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް
- މަސްޖިދު މަލިކި ސަލްމާން
- މަސްޖިދުއް ސުލްޠާން މުޙައްމަދު ބިން ޢަބްދިﷲ
- މަސްޖިދުލް ފުރްޤާން
- މަސްޖިދުއް ނޫރު
- މަސްޖިދުއް ޝަހީދު ޢަލީ
- މަސްޖިދުއް ސުލްޠާން ޙަސަން ޢިއްޒުއްދީން
- މަސްޖިދުއް ސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް
- މަސްޖިދުއް ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)
- މަސްޖިދުއް ސުލްޠާން މުޙައްމަދު ޝަމްސުއްދީން
- މަސްޖިދު ޞަލާޙުއްދީން
- މަސްޖިދު ޖަލާލުއްދީން
- މަސްޖިދު އިބްރާހީމް (އިބްރާހީމީ މިސްކިތް)
- މަސްޖިދު އިސްކަންދަރު
- ވަގުތީ މިސްކިތް (ބޮޑުގެ)
- މަސްޖިދުއް ސުލްޠާން މުޙައްމަދު ޢިމާދުއްދީން
- މަސްޖިދުއް ޝައިޚް މުޙައްމަދު ޖަމީލްދީދީ
- މަސްޖިދު ޢަފީފުއްދީން
- ޒިޔާރަތް މިސްކިތް
- މަސްޖިދުލް ބިއްރި (ވިލިމާލެ)
- މަސްޖިދުއް ޝައިޚް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ (ހުޅުމާލެ)
- ހުޅުމާލެ ވަގުތީ މިސްކިތް (ނޭބަރހުޑް 3)
- މަސްޖިދު އަބީބަކްރިނިއް ޞިއްދީޤު (ހުޅުމާލެ ފޭސް 2)
- މަސްޖިދު ޢުޘްމާނު ބިން ޢައްފާން (ހުޅުމާލެ ފޭސް 2)
- މަސްޖިދު އަމީލް ޖަލީލް (ހުޅުމާލެ ފޭސް 2)
- މަސްޖިދުއް ސަބީލް (ހުޅުލެ)
- މަސްޖިދުލް އިންތިޞާރު (ހުޅުލެ) އެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މާލޭ ސަރަޙައްދުގައި، އަޟްޙާ ޢީދު ނަމާދުކުރުމަށްޓަކައި، އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން ވަކި މިސްކިތްތަކާއި މައިދާންތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.
އެގޮތުން މާލޭ ސަރަޙައްދުގައި އަޟްޙާ ޢީދުގެ ބޮޑު ޖަމާޢަތް ހެދުމަށްޓަކައި މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަޙައްދާއި، ވިލިމާލޭ ފުޓްބޯޅަދަނޑު އަދި ހުޅުމާލޭގެ ސްޓޭޑިއަމް ސަރަޙައްދު ވަނީ ކަނޑއަޅާފައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ޢީދުގެ ބޮޑު ޖަމާޢަތް ހެދުމަށް ކަނޑައެޅިފައިވާ ތިން ސަރަޙައްދުގައި، ޢީދުގެ ބޮޑު ޖަމާޢަތް ނުބޭއްވޭ ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، ޢާންމު ގޮތެއްގައި މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ނަމާދު ކުރެވޭ ހުރިހާ މިސްކިތްތަކެއްގައި ޢީދު ނަމާދުކުރެވޭނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މިއަހަރުގެ އަޟްޙާ ޢީދު ދުވަހަކީ، 09 ޖުލައި 2022 ވާ ހޮނިހިރު ދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް