ދިވެހިންތަކެއް ބިދޭސީއަކާއެކު ލިވާތުކުރިކަމަށް ބެލެވޭ ކޮޓަރީގެ ތެރޭގައި ނަގާފައިވާ ވީޑިއޯއަކުން ފުލުހަކު ފެނުނުކަމަށް ބެލެވޭތީ އެ ފުލުސް މީހާ ސަސްޕެންޑުކޮށްފިއެވެ.
މިއަދު މީޑިއާއަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފުލުހަކު ހިމެނޭ ވީޑިއޯއަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
"އެގޮތުން މި މައްސަލައިގެ ޖިނާއީ ތަހުގީގުގެ އިތުރުން އަހުލާގީ މައްސަލަ ޕްރޮފެޝަނަލް ސެޓެންޑަޑްސް ކޮމާންޑުން ބަލަމުންދާއިރު ތހުމަތު ކުރެވޭ ޕޮލިސް އޮފިސަރު ހުރީ މުސާރަ ނުލިބޭގޮތަަށް ވަޒީފާއިން ސަސްޕެންޑް ކޮށްފަ" ޕޮލިހުން ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވަނީ މައްސަލައިގެ ޖިނާއީ ތަހުގީގުގައި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް