މާސްޓަރ ޝެފްގެ ލަގަބު ފުރަތަމަ ފަހަރަށް ދިވެއްސަކަށް! މަރުޙަބާ މަހާ ނަސީރު

މާސްޓަރ ޝެފް ގެ ލަގަބް ފުރަތަމަ ފަހަރަށް ދިވެއްސަކަށް ލިބިއްޖެއެވެ. މާސްޓަރ ޝެފް ސޮސައިޓީ އޮފް ދަ ވަރލްޑްގެ ފަރާތުން ދޭ މާސްޓަރ ޝެފްގެ ލަގަބު ލިބުނު ފުރަތަމަ ދިވެހި ޝެފަކީ އޮގާ ރިސޯޓުގެ ކްރިއޭޓިވް ކަލ...

07 Jul 2022 | 08:21

މާސްޓަރ ޝެފް ގެ ލަގަބް ފުރަތަމަ ފަހަރަށް ދިވެއްސަކަށް ލިބިއްޖެއެވެ.

މާސްޓަރ ޝެފް ސޮސައިޓީ އޮފް ދަ ވަރލްޑްގެ ފަރާތުން ދޭ މާސްޓަރ ޝެފްގެ ލަގަބު ލިބުނު ފުރަތަމަ ދިވެހި ޝެފަކީ އޮގާ ރިސޯޓުގެ ކްރިއޭޓިވް ކަލިނަރީ ޑިރެކްޓަރގެ މަގާމުގައި ހުންނެވި ޝެފް މަހާ ނަސީރެވެ.

ސިންގަޕޫރުގެ ކްރިއޭޓިވް ކަލިނަރޭ އިން ކަލިނަރީ އާޓްސް އެންޑް ކުއިޒިންގ އިން ޑިގްރީ ހާސިލް ކުރައްވާފައިވާ މަހާއަކީ ޝެފްސް ގިލްޑް އޮފް މޯލްޑިވްސް ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވާ ކަނބަލެކެވެ. އަދި ވަރލްޑް ޝެފްސް އެޕްރޫވްޑް ޕޭސްޓްރީ ރޫކީ ޖަޖެއް ވެސް މެއެވެ.

މީގެ އިތުރުން އޭނާ ވަނީ ގައުމީ އަދި ބައިނަލްއަގްވާމީ އެތައް އެވޯޑުތަކެއް ފައިބެއަހަރުތަކުގެ ތެރޭގައި ހާސިލު ކުރައްވާފައެވެ. އަދި މަހާއަކީ މިހާރު ރާއްޖޭގައި ތިބި މަދު އަންހެން އެގްޒެކެޓިވް ޝެފުންގެ ތެރެއިން އެކަކެވެ.

50 އަހަރަށްވުރެ ވުރެ ގިނަ ދުވަސް ވެފައިވާ ވަރލްޑް މާސްޓަރ ޝެފްސް ސޮސައިޓީއަކީ ވަރލްޑް މާސްޓަރ ޝެފްގެ ލަގަބު ދިނުމަށް ސެޓްފިކެޓް ލިބިފައިވާ ހަމައެކަނި ސޮސައިޓީ އެވެ.

ވަރލްޑް މާސްޓަރ ޝެފްސް ސޮސައިޓީ އަކީ 50 ގައުމެއްގައި 200 އަށް ވުރެ ގިނަ މެމްބަރުން ތިބި ޚާއްސަ ހުނަރުވެރި ޕްރޮފެޝަނަލް ޝެފުންނަށް ޚާއްސަކޮށްގެން އުފައްދާފައިވާ ދުނިޔޭގެ މަޝްހޫރު ޝެފް ސޮސައިޓީއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް