އަޟްހާ ޢީދު ގެ ބަންދު ދުވަސްތަކުގެ ތެރެއިން ހޯމަ އަދި ބުރާސްފަތި ދުވަސް ފިޔަވަައި އެހެން ހުރިހާ ދުވަހެއްގައި އައިޖީއެމް ހޮސްޕިޓަލުގެ އައިޕީޑީ އަދި އިމަޖެންސީ ފިޔަވައި އެހެނިހެން ހިދުމަތްތައް ބަންދުވާނެކަމުގައި އެ ހޮސްޕިޓަލުން ބުނެފިއެވެ.
މިކަން ހާމަކޮށް އެ ހޮސްޕިޓަލުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ޢީދު ދުވަހާއި މިނިވަންދުވަހުގެ މުނާސަބަތުގައި އައިޖީއެމް ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސްޕެޝަލިސްޓް އޯޕީޑީ އަދި އެހެނިހެން ކްލިނިކަލް ހިދުމަތްތައް (އައިޕީޑީ އަދި އިމަޖެންސީ ހިދުމަތްތައް (އައިޕީޑީ އަދި އިމަޖެންސީ ހިދުމަތްތައް ފިޔަވައި) ބަންދުވާނެ ދުވަސްތައް ހާމަކުރާ ކަމަށެވެ.
އެ ދުވަސްތަކަކީ:-
- 9 ޖުލައި 2022 ވާ ހޮނިހިރު ދުވަސް އަޟްހާ ޢީދު ދުވަސް
- 10 ޖުލައި 2022 ވާ އާދީއްތަ ދުވަސް، އަޟްހާ ޢީދު ދުވަހުގެ މުނާސަބަތުގައި
- 12 ޖުލައި 2022 ވާ އަންގާރަ، އަޟްހާ ޢީދު ދުވަހުގެ މުނާސަބަތުގައި
- 13 ޖުލައި 2022 ވާ ބުދަ، އަޟްހާ ޢީދު ދުވަހުގެ މުނާސަބަތުގައި
- 26 ޖުލައި 2022 ވާ އަންގާރަ، މިނިވަން ދުވަސް
- 27 ޖުލައި 2022 ވާ ބުދަ، މިނިވަން ދުވަހުގެ މުނާސަބަތުގައި
ބުނެފައިވަނީ 2022 ޖުލައި މަހުގެ 11 (ހޯމަ) 14 (ބުރާސްފަތި) ގައި އެހެން ދުވަސްތަކެކޭވެސް އެއްފަދައިން މި ހޮސްޕިޓަލުގައި ސްޕެޝަލިސްޓް އޯޕީޑީ އަދި އެހެނިހެން ކްލިނިކަލް ހިދުމަތް ކުރިއަށްދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ބަންދުދުވަސްތަކުގައި އޯޕީޑީ އަދި ކްލިނިކަލް ހިދުމަތްތައް މެދުކެނޑިގެންދިޔަނަމަވެސް ޓްރޯމާ އެންޑް އިމަޖެންސީގެ ހިދުމަތްތައް މެދުނުކެނޑި 24 ގަޑިއިރު ކުރިއަށްދާނެ ވާހަކަ ދަންނަވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް