13 އަހަރު ކުއްޖާ މަރުގެ މައްސަލައިގަ ހައްޔަރު ކުރި ކުއްޖާގެ ބަންދަށް އިތުރު 13 ދުވަސް

ރަހީނުކޮށް13 އަހަރުގެ ފިރިހެން ކުއްޖާ މަރާލި މައްސަލައިގަ ހައްޔަރު ކުރި އުމުރުން 17 އަހަރުގެ ކުއްޖާގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރު ކޮށްފި އެވެ. އެ ކުއްޖާ މަރާލާފައި އޮއްވަ ފެނުނީ މިދިޔަ މަ...

07 Jul 2021 | 17:20

ރަހީނުކޮށް13 އަހަރުގެ ފިރިހެން ކުއްޖާ މަރާލި މައްސަލައިގަ ހައްޔަރު ކުރި އުމުރުން 17 އަހަރުގެ ކުއްޖާގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރު ކޮށްފި އެވެ.

އެ ކުއްޖާ މަރާލާފައި އޮއްވަ ފެނުނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެރޭ ދަންވަރު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މޫދުގައި ފޮއްޓަކަށް ލާފައި އޮއްވަ އެވެ. އެ މައްސަލައިގަ ފުލުހުން ދެމީހަކު ހައްޔަރުކޮށްފައިވެ އެވެ.

ފުލުހުން ބުނީ މި މައްސަލައިގަ ހައްޔަރު ކުރި 17 އަހަރުގެ ކުއްޖާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ހާޒިރު ކުރުމުން ޖުވެނައިލް ކޯޓުން އިތުރު 13 ދުވަސް ޖަހާފައިވާ ކަމަށެވެ. އެންމެ ފުރަތަމަ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެ ކުއްޖާގެ ބަންދަށް ކޯޓުން ޖަހައިދީފައިވަނީ 15 ދުވަހެވެ.

މި މައްސަލައިގަ ދެން ހައްޔަރުކޮށްފައިވަނީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި އެވެ.

މި ދެމީހުންގެ މައްޗަށް އެ ކުއްޖާ ރަހީނު ކުރުމާއި ޖިންސީ ގޯނާ ކުރުމާއި މަރާލުމުގެ ތުހުމަތު ކުރެ އެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު ކުއްޖާގެ ހަށިގަނޑު ވަނީ ޕޯސްޓްމޯޓަލް ހެދުމަށް އިއްޔެ އިންޑިއާ އަށް ފޮނުވައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް