އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ޑެލަވާ ގެ މަޝްހޫރު ޓިކްޓޮކް ތަރި މާޓިމާ މިލާ އާންމު ނަމުންނަމަ ސްވޭވީއަށް ބަޑިން ހަމަލާދީ މަރާލައިފި އެވެ.
އޭނާ ގަޔަށް ބަޑި ޖަހާފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި މިއަދާއި ހަމައަށްވެސް އޭނާ ގަޔަށް ބަޑި ޖެހިމީހުންނާއި ގުޅޭ މައުލޫމާތު އެ ސްޓޭޓްގެ ފުލުހުން ހާމައެއް ނުކުރެ އެވެ.
ފުލުހުން ބުނެފައިވަނީ އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި މައުލޫމާތު ފަހުން ހާމަ ކުރާނެ ކަމަށެވެ.
ސްވޭވީގެ އާއިލާއިން އިންސްޓަގްރާމްގައި ބުނެފައިވަނީ އޭނާގެ މަރަށް އިންސާފު ހޯދައި ދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެމީހުންނަށް ސްވޭވީގެ މަރާއި ގުޅިގެން މިހާތަނަށް ލިބިފައިވާ މައުލޫމާތު އަދި ހާމަ ކުރެވެން ނެތް ކަމަށެވެ.
އާއިލާއިން ބުނީ ބަޔަކު އޭނާ އާންމުންގެ މެދުގައި ހޯދަމުންދާ ކާމިޔާބީ ބަލައިގެންނަން ދަތިވެގެން މަރާލިޔަސް ސަޕޯޓަރުންގެ ކުރިމަތީ އޭނާގެ ހަނދާތައް އަބަދުވެސް އާކޮށްދެމުން ދާނެ ކަމަށެވެ. އަދި ދުވަހަކުވެސް ސްވޭވީ ފަނޑުވެގެން ދިޔަ ނުދޭނެ ކަމަށް ބުނެފައިވެ އެވެ.
ޓިކްޓޮކްގައި 2.7 މިލިއަން މީހުން ސްވޭވީ ފޮލޯ ކުރެ އެވެ. އަދި އިންސްޓަގްރާމްގައި ހަތަރު ލައްކައަށްވުރެ ގިނަ މީހުން އޭނާ ފޮލޯކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް