މިއަދު ކްރިމިނަލް ކޯޓުން ދޫކޮށްލީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮމެއް ގޮއްވާލި މައްސަލައިގަ ހައްޔަރު ކޮށްފައިވާ މީހުންގެ ތެރެއިން ތިން މީހުން ނޫން ކަމަށް ފުލުހުން ބުނެފި އެވެ.
ޕީޖީ އޮފީހުގެ މީޑިއާގައި ގްރޫޕުގައި މިއަދު ބުނެފައިވަނީ ހައެއް މެއިގެ ހަމަލާ އާއި ގުޅިގެން ހައްޔަރުކޮށްފައިވާ ތިން މީހަކު މިއަދު ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވާ ކަމަށެވެ. އެ ހުކުމް އިއްވީ ގާޒީ ހަސަން ސައީދު ކަމަށާއި އެ ހުކުމް އިސްތިއުފާނު ކުރާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
މި މައްސަލައިގަ ފަހުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކްރިމިނަލް ކޯޓުން ދޫކޮށްލީ ފުލުހުންނާއި ސިފައިން ގުޅިގެން ހަރުކަށި ފިކުރާ ދެކޮޅަށް ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރުކުރި ތިން މީހަކު ކަމަށެވެ. މީޑިއާ އޮފިޝަލް ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލި މައްސަލައިގަ ހައްޔަރު ކޮށްފައިވާ އެއްވެސް މީހަކު ދޫކޮށްލާފައި ނުވާ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ އޮފިޝަލަކު މީޑިއާގައި ވިދާޅުވެފައިވަނީ ތިން މީހުން ދޫކޮށްލަން އަމުރު ކުރި ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ 40 ދުވަސް ވަންދެން ބަންދުކޮށްފައި ވާއިރު، އިތުރު ހެއްކެތް ފުލުހުންގެ ފަރާތުން ހުށަހަޅާފައި ނުވާތީ ކަމަށެވެ.
ފުލުހުން މިހެން ބުނުމުން ފަހުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ ކުރިން ހާމަ ކުރި މައުލޫމާތަށް ކުޑަ ބަދަލެއް ގެނެސްފައިވާ ކަމަށެވެ. އަދި އެމީހުންނަކީ މެއި ހައެއްގެ ހަމަލާ އާއި ގުޅިގެން ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރު ކޮށްފައިވާ މީހުންނަށްވާތީ ކުރިންވެސް ނިންމާފައިވާ ގޮތަށް އެމީހުން ދޫކޮށްލި މައްސަލަ ހައި ކޯޓުގައި ދައުލަތުން އިސްތިއުނާފު ކުރާނެ ކަމަށެވެ.
ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން މިހާތަނަށް އަށް މީހަކު ހައްޔަރު ކޮށްފައިވެ އެވެ. އޭގެ ތެރެއިން ފުލުހުން ވަނަވަރު ހާމަ ކޮށްފައިވަނީ ފަސް މީހެއްގެ އެވެ.
މިހާތަނަށް ވަނަވަރު އާންމުކޮށްފައިވާ މީހުންނަކީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުގެ އިތުރުން ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް އެވެ.
މި ހަމަލާގައި ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދެވުމަށް ފަހު ވަޑައިގެންނެވީ ޖަރުމަނުވިލާތަށެވެ. އޭގެ ފަހުން އިތުރު ފަރުވާއަށް މިހާރު ވަޑައިގެން ހުންނެވީ އިނގިރޭސިވިލާތުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް