މާލޭގައި ހިންގި މާރާމާރީއެއްގައި މީހެއްގެ ބޯ ފަޅާލައިފި އެވެ.
މި މާރާމާރީގައި އަނިޔާވި އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެމީހާ އަށް މިހާރު އަންނަނީ އައިޖީއެމްއެޗުގައި ފަރުވާދެމުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ ހުށަހެޅި މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ކަމަށެވެ. އެމީހާއަށް ހަމަލާދީ ބޯފަޅާލާފައިވަނީ ތިން މީހަކު ގުޅިގެން ކަމަށް ވިދާޅުވި އެވެ.
މި މައްސަލައިގަ މީހަކު ހައްޔަރެއް ނުކުރެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެމީހާގެ ބޮލާ މޫނަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައި އެވެ/
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް