ހެއިޓީގެ ރައީސް ޖޮވެނެލް މޮޮއިސް އަވަހާރަ ކޮށްލައިފި އެވެ.
ހެއިޓީ ސަރުކާރާއި ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އޭނާ އަވަހާރަ ކޮށްލީ ވެރިރަށް ޕޯޓްއޯ ޕްރިންސްގައި ހުންނަ ގެކޮޅުގައި ހުންނަވަނިކޮށެވެ.
މި ހަމަލާގައި އެ ގައުމުގެ ފަސްޓްލޭޑިއަށްވެސް އަނިޔާވެފައިވާ ކަމަށްވެ އެވެ. ރައީސް އަވަހާރަވުމާއި އެކު ގައުމުގެ ކަންކަން އޮމާންކޮށ ްގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފައިވެ އެވެ.
ޖޮވެނެލް ވެރިކަމަށް އިންތިހާބު ވެފައިވަނީ 2017 ވަނަ އަހަރު އެވެ. އޭނާގެ ވެރިކަމުގެ ފަސް ދައުރު މިއަހަރުގެ ފެބްރިއަރީ މަހު ނިމިފައި ވީނަމަވެސް ވެރިކަމުން ފޭބުމަށް ވަނީ ދެކޮޅު ހައްދަވާފައި އެވެ.
ސަބަބެއް ކަމަށް ވިދާޅުވެފައިވަނީ ވެރިކަމުގެ މަސްއޫލިއްޔަތާއި ހަވާލުވެވަޑައިގެންނެވީ އަހަރެއްހާ ދުވަސް ފަހުން ކަމަށްވެފައި އެވެ. އަދި ވިދާޅުވެފައިވަނީ ވެރިކަމުން ފައިބާ ވަޑައިގެންނަވާނީ އަންނަ އަހަރު ކަމަށެވެ.
އެ މައްސަލައިގަ ހެއިޓީގައި ބޮޑެތި މުޒާހަރާތައް މިއަހަރުގެ ކުރީ ކޮޅު ޖޮވެނެލްގެ ވެރިކަމާއި ދެކޮޅަށް ކޮށްފައިވެ އެވެ. ހާއްސަކޮށް ރައްޔިތުން ރުޅިގަދަވެފައިވަނީ މިދިޔަ ފަސް އަހަރު ތެރޭގައި އޭނާގެ ވެރިކަމުގައި ކޮރަޕްޝަނަށް ބޮޑެތި މައްސަލަތަކެއް ފެންމަތިވެފައިވާތީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް