ކޯވިޑް ވެކްސިންގެ ތިން ވަނަ ޑޯޒު ޖެހުން، ރާއްޖެއިން އަދި މަޝްވަރާއެއް ނުކުރަން!

ކޯވިޑް-19 ވެކްސިންގެ ތިން ވަނަ ޑޯޒެއް ޖެހުމާއި މެދު ރާއްޖެއިން އެއްވެސް ވަރަކަށް އަދި މަޝްވަރާ ކުރަމުން ނުދާ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ. ބައެއް ގައުމުތަ...

07 Jul 2021 | 10:30

ކޯވިޑް-19 ވެކްސިންގެ ތިން ވަނަ ޑޯޒެއް ޖެހުމާއި މެދު ރާއްޖެއިން އެއްވެސް ވަރަކަށް އަދި މަޝްވަރާ ކުރަމުން ނުދާ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ބައެއް ގައުމުތަކުގައި ވެކްސިންގެ ތިން ވަނަ ޑޯޒު ޖެހުމަށް ވަނީ ނިންމާފައި އެވެ. ތިން ވަނަ ޑޯޒު އެ ގައުމުތަކުގައި ޖަހަމުން ދަނީ ދިފާއީ ނިޒާމު ވަރަށް ބަލި ކަށި މީހުންނަށެވެ.

މިކަމާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ވިދާޅުވީ ރާއްޖެއިން އެފަދަ ނިންމުމެއް ނުނިންމާ ކަމަށެވެ. އަދި އެކަމާއި ގުޅޭގޮތުން މަޝްވަރާކޮށް އެއީ ރަނގަޅު ކަމެއްގެ ގޮތުގައި ބަލައިގަންނާނީ ދެތިން މަރުހަލާއެއް ފުރިހަމަ ވުމުން ކަމަށެވެ.

އެގޮތުން ރާއްޖެއިން ތިން ވަނަ ޑޯޒު ޖެހުމާއި މެދު ގޮތެއް ނިނމާނީ އެއީ ރަނގަޅު ކަމެއްގެ ގޮތުގައި ޑަބްލިއުއެޗްއޯއިން ނިންމައި އިތުރު ދިރާސާތައް ކުރުމުން ކަމަށެވެ.

(ތަފސީލް އަންނަނި)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް