އަލިފުށި ގެއަކުން ވަގަށްނެގި ފައިސާތަކެއް ހޯދައި ވެރިފަރާތާ ހަވާލުކޮށްފި

ރ. އަލިފުށީގައި ބިދޭސީއަކު ދިރިއުޅޭ ގެއަކުން ފައިސާތަކެއް ވަގަށްނަގާފައިވާ ކަމަށް މި ޖުލައި މަހުގެ 5 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި އެ ފައިސާތ...

07 Jul 2021 | 07:50

ރ. އަލިފުށީގައި ބިދޭސީއަކު ދިރިއުޅޭ ގެއަކުން ފައިސާތަކެއް ވަގަށްނަގާފައިވާ ކަމަށް މި ޖުލައި މަހުގެ 5 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި އެ ފައިސާތައް ހޯދައިފިއެވެ.

އެގޮތުން، ޖުލައި 5 ވަނަ ދުވަހު އަލިފުށި ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނުގެ ތެރެއިން އެ ރަށުގެ ތިން ގެއެއް ބަލައި ފާސްކޮށް 19000 ރުފިޔާ ހޯދާފައިވެއެވެ. އެ ފައިސާތައް މިހާރުވަނީ އޭގެ ވެރިފަރާތާ ހަވާލުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. މި މައްސަލަ އަލިފުށީ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް