ސަގާފީ އަދި ޒަމާނީ މިއުޒިކާއި ނެށުން ހުށަހަޅައިދޭނެ މީހުން ހޯދަނީ

ސަގާފީ އަދި ޒަމާނީ މިއުޒިކާއި ނެށުން ހުށަހަޅައިދޭނެ ފަރާތެއް ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އިން އިޢުލާނުކޮށްފި އެވެ. އެފަދަ މީހުން ހޯދަނީ މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ހިނ...

07 Jul 2021 | 07:40

ސަގާފީ އަދި ޒަމާނީ މިއުޒިކާއި ނެށުން ހުށަހަޅައިދޭނެ ފަރާތެއް ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އިން އިޢުލާނުކޮށްފި އެވެ.

އެފަދަ މީހުން ހޯދަނީ މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ސަރުކާރުން ރާވާފައިވާ ހަރަކާތަކަށް ކަމަށް ބުނެ އެވެ. ހަރަކާތްތަކާއި ގުޅޭ އިތުރު މައުލޫމާތު އަދި ހާމައެއް ނުކުރެ އެވެ.

އެންސީއޭ އިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިއަހަރުގެ މިނިވަންދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގެ ތެރެއިން ޑާންސް، ސަގާފީ އަދި ޒަމާނީ މިއުޒިކްގެ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން [email protected] އަށް މި ޖުލައި މަހުގެ 12 ވާ ހޯމަ ދުވަހުގެ މެންދުރު 1:00ގެ ކުރިން މެއިލް ފޮނުވުމަށް އެންސީއޭ އިން އެދެއެވެ.

އެންސީއޭ އިން ބުނީ މިކަމާއިގުޅޭ އިތުރު މަޢުލޫމާތު 3313456 ނަންބަރު ފޯނަށް ގުޅައިގެން ނުވަތަ [email protected] އަށް މެއިލް ކޮށްގެން ވެސް ހޯދޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް