ފަލަސްތީނު މައްސަލައިގަ މަޖިލީހުން ގޮތެއް ކަނޑައެޅުމަށް ސައުދު ހުށަހެޅުއްވި ގަރާރު ފާސްކޮށްފި

ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގަނެ ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި މެދު ރައްޔިތުންގެ މަޖިލީހުން ދެކޭގޮތް މިއަދުގެ މަޖިލީހުގައި ފާސްކޮށްފި އެވެ. އެ މައްސަލަ ގަރާރެއްގެ ގޮތުގައި ހުށަހެ...

07 Jul 2021 | 07:07

ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގަނެ ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި މެދު ރައްޔިތުންގެ މަޖިލީހުން ދެކޭގޮތް މިއަދުގެ މަޖިލީހުގައި ފާސްކޮށްފި އެވެ.

އެ މައްސަލަ ގަރާރެއްގެ ގޮތުގައި ހުށަހެޅުއްވީ ވިލިނގިލީ ދާއިރާގެމެމްބަރު ސައުދު ހުސައިން އެވެ. ސައުދުގެ ގަރާރުގައި ވިދާޅުވެފައިވަނީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށއް ދެމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވައި ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމު ކުރަން ގޮވާލައި އެކަމުގައި ރާއްޖެއިން ދެކޭ ގޮތް ހާމަކުރުމަށް އެދި އެވެ.

މި ގަރާރު މަޖިލީހުން ފާސްކުރީ 44 މެމްބަރުންގެ ވޯޓުންނެވެ. ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ނުދެއްވަ އެވެ.

މަޖިލީހުން މިއަދު ފާސްކުރީ އިޒްރޭލުން ފަަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމަށާއި ވެރިވެ ގަނެގެން ހިންގާ ޖަރީނާ ހުއްޓުވުވައި ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ލާއިންސާނީ އަނިޔާތައް ކުށްވެރިކުރުމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ ހައްގުތަށް ކަށަވަރު ކޮށް ދިނުމަށް ގޮވާލުމަށް މަޖިލީހުން މިއަދު ފާސްކުރި އެވެ.

މަޖިލީހުން އެ މައްސަލައާ ދޭތެރޭ ދެކޭ ގޮތް ބައިނަލްއަގުވާމީ މުޖުތަމައުއަށް ހާމަކުރަން ވެސް ފާސް ކުރި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް