ދިއްގަރު ގޮނޑުދޮށް ހިމާޔަތް ކުރަން ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމެންޓް ގެންގޮސްފި

މ. ދިއްގަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ހުއްޓުމެއް ނެތި ކުރިޔަށް ދާ ކަމަށް މި މަޝްރޫއު ކުރިޔަށް ގެންދާ އެމްޓީސީސީން ބުނެފި އެވެ. އެ ކުންފުނިން ބުނީ ގޮނޑުދޮށް ހިމާޔަތް ކުރުމަށް...

07 Jul 2021 | 06:26

މ. ދިއްގަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ހުއްޓުމެއް ނެތި ކުރިޔަށް ދާ ކަމަށް މި މަޝްރޫއު ކުރިޔަށް ގެންދާ އެމްޓީސީސީން ބުނެފި އެވެ.

އެ ކުންފުނިން ބުނީ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް މިމަހުގެ ތިން ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ދިއްގަރުގެ 25 ހެކްޓަރުގެ ބިން ހިއްކާނެ އެވެ.

އަދި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، ބޭރުތޮށި ލުމުގެ މަސައްކަތް މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވެ އެވެ.

މި މަޝްރޫޢަކީ 121.84 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް