ކަނޑޫދޫ ސްކޫލުގައި އިމާރާތްކުރާ ކްލާސްރޫމުތަކުގެ ނުނިމިހުރި މަސައްކަތް ބަޔަކާ ޙަވާލުކޮށްފި

ތ. ކަނޑޫދޫ ސްކޫލުގައި އިމާރާތްކުރާ ކްލާސްރޫމުތަކުގެ ނުނިމިހުރި މަސައްކަތްކުރުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ. އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ތ. ކަނޑޫދޫ ސްކޫލުގައި އިމާރާތްކުރާ 3 ކް...

07 Jul 2021 | 05:44

ތ. ކަނޑޫދޫ ސްކޫލުގައި އިމާރާތްކުރާ ކްލާސްރޫމުތަކުގެ ނުނިމިހުރި މަސައްކަތްކުރުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ތ. ކަނޑޫދޫ ސްކޫލުގައި އިމާރާތްކުރާ 3 ކްލާސްރޫމުގެ ނުނިމިހުރި މަސައްކަތްތައް ކުރުމަށް ޙަވާލުކޮށްފައިވަނީ އިސްކޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން އަހުމަދު ރިޔާޒެވެ.

އަދި އިސްކޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އަބްދުﷲ ސައީދެވެ.

މި މަސައްކަތް ކުރުމަށް އެކުންފުންޏާ ޙަވާލުކޮށްފައިވަނީ 1.1 މިލިއަން ރުފިޔާއަށެވެ. އަދި މި މަސައްކަތް ކުރުމަށް އެކުންފުންޏަށް ދީފައިވަނީ 45 ދުވަހުގެ މުއްދަތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް