އެލްޖީއޭގެ ބޯޑަށް އައްޔަން ކުރަން ފަސް ނަމެއް މަޖިލީހަށް

ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް އައްޔަން ކުރަން ޖެހޭ ތިން ދާއިރާއެއްގެ މެންބަރުންގެ މަގާމަށް މީހުން އައްޔަން ކުރަން 5 ނަމެއް ރައީސް އިބްރާޙީމް މުހައްމަދު ޞާލިޙް ރައްޔިތުންގެ މަޖިލީހަ...

07 Jul 2021 | 05:33

ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް އައްޔަން ކުރަން ޖެހޭ ތިން ދާއިރާއެއްގެ މެންބަރުންގެ މަގާމަށް މީހުން އައްޔަން ކުރަން 5 ނަމެއް ރައީސް އިބްރާޙީމް މުހައްމަދު ޞާލިޙް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

ލާމަރުކަޒީ ގާނޫނުގައި އޮންނަ ގޮތުން އެލްޖީއޭގައި ޖެންޑާ އިކުއަލިޓީ ދާއިރާގެ ތަޖުރިބާ ހުންނެވި އަންހެން މެންބަރަކާއި، ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާގެ ތަޖުރިބާ ހުންނެވި ބޭފުޅަކާއި، މަދަނީ ޖަމިއްޔާއެއްގެ މެންބަރަކު ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަން ޖެހެއެވެ.

މަޖިލީހުން ކަނޑައަޅަން ޖެހޭ މި 3 މެންބަރުން ކަނޑައަޅަން ގާނޫނުގައި އޮތް އުސޫލަކީ އެ މަގާމުތަކަށް ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާ ނަންތަކުގެ ތެރެއިން މަޖިލީހުން 3 ނަމެއް ފާސް ކުރުމެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވަނީ ރައީސް ޞާލިޙް ފޮނުއްވި ސިޓީ އިއްވަވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުވި ނަންތައް:

1) އަޒްހާ ޒަމީރު، މ. ލިލީޒް (ޖެންޑާ އިކުއަލިޓީ)

2) އައިޝަތު އަލީ، ދަފްތަރު 2684 (ޖެންޑާ އިކުއަލިޓީ)

3) ފާތިމަތު ނިއުމާ، ގ. ހީމާލިގެ (ޕަބްލިކް އެޑްމިނިސްޓްރޭޝަން)

4) ފާތިމަތު ޒީނާ އަލީ، ހ. ރައިޒިން ސަން (މަދަނީ ޖަމިއްޔާ)

5) އައިޝަތު ޝީޒާ، ތާޒީބިން ބ. ކެންދޫ (މަދަނީ ޖަމިއްޔާ)

އެލްޖީއޭއަށް އައްޔަން ކުރެވޭ މި 3 މެންބަރުންގެ އިތުރުން ތިއްބަވާނީ ހޯމް މިނިސްޓަރާއި، ރައީސް ކަނޑައަޅުއްވާ ސީއީއޯގެ މަގާމަށް ބޭފުޅަކާއި، ފިނޭންސް މިނިސްޓަރު ކަނޑައަޅުއްވާ ބޭފުޅަކާއި، ސިޓީ ކައުންސިލްގެ މެންބަރަކާއި، އަތޮޅު ކައުންސިލްގެ ރައީސަކާއި، ރަށު ކައުންސިލްގެ މެންބަރެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް