އާ ބުރިޖުގެ މަސައްކަތް ފަށަން އިންޑަސްޓްރިއަލް ވިލެޖް ހުސްކުރަނީ

މާލޭއާއި ވިލިމާލެެއާއި ތިލަފުއްޓާއި ގުޅިފަޅު ގުޅުވާދޭ އާ ބުރިޖުގެ މަސައްކަތްތައް ފެށުމަށް މާލޭ އިންޑަސްޓްރިއަލް ވިލެޖުގެ ބިންތައް ހުސްކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ފައްޓައިފިއެވެ. މިނިސްޓް...

07 Jul 2021 | 05:26

މާލޭއާއި ވިލިމާލެެއާއި ތިލަފުއްޓާއި ގުޅިފަޅު ގުޅުވާދޭ އާ ބުރިޖުގެ މަސައްކަތްތައް ފެށުމަށް މާލޭ އިންޑަސްޓްރިއަލް ވިލެޖުގެ ބިންތައް ހުސްކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ފައްޓައިފިއެވެ.

މިނިސްޓްރީންވަނީ އެ ސަރަހައްދުގައި ޕާކުކޮށްފައިވާ ވެހިކަލްތައް މިމަސް ނިމުމުގެ ކުރިން ނެގުމަށް އަންގާއެވެ.

ހައުސިން މިނިސްޓްރީން ބުނީ މާލެއާއި ވިލިމާލެއާއި ތިލަފުއްޓާއި ގުޅިފަޅާއި ގުޅުވާލުމުގެ ގޮތުން ޤާއިމުކުރުމަށް ހަމަޖެހިފައިވާ ބުރިޖު ގުޅާލެވެނީ މާލޭ އިންޑަސްޓްރިއަލް ވިލެޖު ސަރަޙައްދަށްކަމަށެވެ. އެހެންކަމުން ބުރިޖުގެ އަމަލީ މަސައްކަތް ކުރާއިރު ވާކްސައިޓެއްގެ ގޮތުގައި ބޭނުންކުރުމަށް ނިންމާފައިވަނީ މާލޭ އިންޑަސްޓްރިއަލް ވިލެޖްކަމުން އެ ސަރަހައްދުގެ ބޮޑުބައެއް މި މަސައްކަތަށް ބޭނުންކުރަން ހަމަޖެހިފައިވާކަމަށެވެ.

މިނިސްޓްރީން ބުނީ ބުރިޖުގެ މަސައްކަތް ފެށުމަށް އިންޑަސްޓްރިއަލް ވިލެޖުން ވަގުތީގޮތުން އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިންތައް ހުސްކުރުމުގެ މަސައްކަތް އެ މިނިސްޓްރީން މިހާރު ފަށާފައިވާކަމަށެވެ. އަދި އެސަރަޙައްދުގައި ހިމެނޭ ވަކިފަރާތަކާއި ހަވާލުކޮށްފައިނުވާ ބިންތަކަކީ ބުރިޖުގެ މަސައްކަތަށް އެކަށައަޅާފައިވާ ބިންތަކެއްކަމަށެވެ.

މިނިސްޓްރީން މިހާތަނަށް ބެލިބެލުމުން އެ ބިންތަކާއި އެ ސަރަޙައްދުގެ މަގުތަކުގައި ބައެއް ފަރާތްތަކުން ވެހިކަލް ޕާކުކޮށްފައި ހުންނަކަން ފާހާގަކުރެވިފައިވާކަމަށާއި މިވެހިކަލްތައް ނަގައި އެތަންތަން ހުސްކުރަން ބޭނުންވާކަމަށްވެސް މިނިސްޓްރީން ހާމަކުރެއެވެ.

މިމަހުގެ 31ގެ ކުރިން އެ ސަރަހައްދުގައި ޕާކުކޮށްފައިވާ ވެހިކަލްތައް ނެގުމަށް މިނިސްޓްރީން އަންގާފައި ވެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ނުނަގާ ހުންނަ ވެހިކަލްތައް މިނިސްޓްރީގެ ބެލުމުގެ ދަށުން ނަގާ ބިން ހުސްކުރާނެކަމަށާއި މި މަސައްކަތުގައި ތަކެއްޗަށް ލިބޭ އެއްވެސް ގެއްލުމެއް ޒިންމާ މިނިސްޓްރީން ނުނަގާނެކަމަށްވެސް ހައުސިން މިނިސްޓްރީން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް