ބޮލީވުޑްގެ ލެޖެންޑް ދިލިޕް ކުމާރު މަރުވެއްޖެ އެވެ.
މަރުވި އިރު އޭނާގެ އުމުރަކީ 98 އަހަރެވެ.
ދިލިޕް މަރުވީ މުސްކުޅި ބަލީގައި އުޅޭތާ ތިން އަހަރެއްހާ ދުވަސް ފަހުންނެވެ. ދޭތެރެ ދޭތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭ ދިލިޕް މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ހާލަތު އިތުރަށް ގޯސްވާތީ މުމްބާއީ ހޮސްޕިޓަލެއްގައި އޮތީ އެޑްމިޓްކޮށްފައި އެވެ.
އެންމެ ފަހުން އޭނާ އެޑްމިޓް ކުރީ ނޭވާލާން އުނދަގޫވާން ފެށުމުންނެވެ.
މަރުވި އިރު އޭނާގެ އަންހެނުން ސައިރާ ބަނޫ ދުނިޔޭގައި އެބަ ހުއްޓެވެ. ދިލިޕް ކުމާރުގެ އެއްވެސް ދަރިއަކު ނުހުރެ އެވެ.
ދިލިޕް ބޮލީވުޑްގައި ފަނޑުވުމެއް ނެތި 50 އަހަރު މަސައްކަތް ކޮށްފައިވެ އެވެ. އެ މުއްދަތުގައި 65 ފިލްމު ކުޅެފައިވެ އެވެ.
އޭނާގެ ނަން ދިލިޕް ކުމާރަށް ބަދަލު ކުރީ ބޮލީވުޑްގައި މަސައްކަތް ކުރަން ފަށާފައި އެވެ. އަސްލު އޭނާގެ ނަމަކީ ޔޫސުފް ހާން އެވެ. އަދި އެއީ މުސްލިމެކެވެ.
އޭނާ އަކީ ޕިޝާވަރު ޕާކިސްތާނުގެ ބައެއްގެގޮތުގައި ކަނޑައެޅުމުގެ ކުރިން 1922 ވަނަ އަހަރު އެ ސިޓީއަށް އުފަންވި މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް