ހުޅަނގު މޫސުމުގެ ބާރު ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖެއަށް ގަދަވާނެ

ހުޅަނގު މޫސުމުގެ ބާރު ކުރިއަށް އޮތް ހަތް ދުވަހު ރާއްޖެއަށް ގަދަވާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ. މޯލްޑިވްސް މީޓިއޯރޮލޮޖިކަލް ސާވިސް އިން ބުނެފައިވަނީ ހުޅަނގު މޫސުމުގެ ބާރު ގަދަވެ،...

07 Jul 2021 | 00:27

ހުޅަނގު މޫސުމުގެ ބާރު ކުރިއަށް އޮތް ހަތް ދުވަހު ރާއްޖެއަށް ގަދަވާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މޯލްޑިވްސް މީޓިއޯރޮލޮޖިކަލް ސާވިސް އިން ބުނެފައިވަނީ ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ޖުލައި ހަތެއްވާ ބުދަ ދުވަހު(މިއަދު)ން ފެށިގެން ކުރިއަށް އޮތް ހަތަރު ދުވަހު، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ.

"އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ބެލެވޭއިރު ވިލާގަނޑުގައި ގަޑިއަކު 50 މޭލާ 60 މޭލާ ދެމެދުގެ ބާރުމިނަށް ވައި ގަދަވާނެކަމަށް ލަފާކުރެވެއެވެ. އަދި ކަނޑުތައް ގަދަވެ ރާޅު ބޮޑުވުމުގެ ސަބަބުން ބައެއް ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުންވެސް އެކަށީގެންވެއެވެ." މެޓް އޮފީހުން ބުނެފައިވެއެވެ.

މެޓް އޮފީހުން އިތުރަށް ބުނެފައިވަނީ ރާއްޖޭގެ ސަރަހައްދުގައި ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަަމަށް ލަފާކުރެވޭތީ އާންމުކޮށް ހުރިހާ ފަރާތްތަކުން ވަކިން ހާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް ދަންނަވަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް