ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނުމީހަކު ކަސްޓަމުން އަތުލައިގެންފި

ހަށިގަނޑުގެތެރޭގައި ރައްކާކޮށްގެން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ކަސްޓަމުން އަތުލައިގެންފި އެވެ. ކަސްޓަމުން ހަށިގަނޑުގެ ތެރޭގައި ރައްކާކޮށްގެން ރާއްޖެ އެތެރެކުރަ...

07 Jul 2015 | 10:17

ހަށިގަނޑުގެތެރޭގައި ރައްކާކޮށްގެން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ކަސްޓަމުން އަތުލައިގެންފި އެވެ.

ކަސްޓަމުން ހަށިގަނޑުގެ ތެރޭގައި ރައްކާކޮށްގެން ރާއްޖެ އެތެރެކުރަން އުޅުނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހިރޮއިން ކަމަށެވެ. އަތުލައިގަތް ހިރޮއިންގެ ބަރުދަނުގައި 1.345 ކިލޯ ހުރި ކަމަށްވެސް ކަސްޓަމުން ބުނެ އެވެ.

ކަސްޓަމުން އިތުރަށްބުނީ އަތުލައިގެންފައިވަނީ ތައިލެންޑު މަގުން އައި ރައްޔިތެއް ކަމަށާއި އެމީހާ ރާއްޖެއައީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް