ކައްކާފައި ހުރި ބަނގުރާފުޅިތަކަކާއެކު ވެލިދޫން މީހަކު ހައްޔަރުކޮށްފި

ބަނގުރާކަމަށް ޝައްކުކުރެވޭ  ފަސް ލިޓަރުގެ ހަތަރު ފުޅިއާއެކު މީހަކު ނ. ވެލިދޫން މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ މި މައްސަލާގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ 36 އަހަރުގެ ދިވެހި ފިރ...

07 Jul 2015 | 10:02

ބަނގުރާކަމަށް ޝައްކުކުރެވޭ  ފަސް ލިޓަރުގެ ހަތަރު ފުޅިއާއެކު މީހަކު ނ. ވެލިދޫން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލާގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ 36 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މި  މީހާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ 2015 ޖުލައި ފަސް ވަނަ ދުވަހުގެ ރޭ ދަންވަރު 1:00 ހާއިރު މި މީހާ ދިރިއުޅެމުންދިޔަ ގެ ކޯޓުއަމުރެއްގެ ދަށުން ބަލައި ފާސްކުރުމަށްފަހު ކަމަށާއި އެ ގެއިން ބަނގުރާކަމަށް ޝައްކުކުރެވޭ  ފަސް ލިޓަރުގެ ހަތަރު ފުޅި އާއި ބަނގުރާ ކެއްކުމަށް ބޭނުންކުރާ އާލަތްތަކެއް ފެނިފައިވާކަމަށްވެސް ފުލުހުން ބުނެ އެވެ.

މި މައްސަލަ ނ. ވެލިދޫ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުޤީގް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް