ސައިކަލެއްގެ މަތީގައި ކާން އިން މީހަކު ހައްޔަރުކޮށްފި

ރޯދަމަހު ދުވާލު ވަގުތުގައި ސައިކަލެއްގެ މަތީގައި ކާން އިން މީހަކު ހުޅުމާލެއިން ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 30 އަހަރުގެ ދިވެހި...

07 Jul 2015 | 09:52

ރޯދަމަހު ދުވާލު ވަގުތުގައި ސައިކަލެއްގެ މަތީގައި ކާން އިން މީހަކު ހުޅުމާލެއިން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ މިއަދު ހެނދުނު 09:35 ހާއިރު، ހުޅުމާލެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހުންނަށް، ހުޅުމާލެ، މޫނިމާމަގުގައި ސައިކަލެއްގެ މަތީގައި އޭނާ ކާން އިންދާ ފެނުމުން ކަމަށް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް