ޓްރެފިކް ޖޫރިމަނާ މަޢާފްކުރާ ބިލް ކޮމިޓީން ފާސްކޮށްފި

ގަވާއިދާ ޚިލާފަށް މަގުތަކުގައި ޕާކް ކޮށްފައިވާ ވެހިކަލްތަކުން ނަގަން ނިންމާފައިވާ ޖޫރިމަނާތައް މައާފްކޮށްދެވޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ދިވެހި ސަރުކާރުން ހުށަހެޅި އިސްލާހުގެ ބިލް ދިރާސާކ...

07 Jul 2015 | 08:14

ގަވާއިދާ ޚިލާފަށް މަގުތަކުގައި ޕާކް ކޮށްފައިވާ ވެހިކަލްތަކުން ނަގަން ނިންމާފައިވާ ޖޫރިމަނާތައް މައާފްކޮށްދެވޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ދިވެހި ސަރުކާރުން ހުށަހެޅި އިސްލާހުގެ ބިލް ދިރާސާކުރި ކޮމިޓީން އެބިލް ފާސްކޮށްފި އެވެ.

މި ބިލް ފާސްކުރީ ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި ހަތް މެމްބަރުންގެ ތެރެއިން ފަސް މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލްގެ ކޮމިޓީ މަރުހަލާ ނިންމާލުމަށްފަހު ކޮމިޓީ ރިޕޯޓް މިހާރު ވަނީ މަޖިލީހުގެ ރިޔާސަތަށް ފޮނުވާފަ އެވެ. ނަމަވެސް މި ބިލާ މެދު ގޮތެއް ނިންމާނީ މަޖިލީހުންނެވެ.

މިބިލްގައި ވާގޮތުން މި ބިލް މަޖިލީހުން ފާސްވެ ގާނޫނަކަށްވެ އަމަލުކުރަން ފެށުމުގެ ކުރިން، ގަވާއިދާ ހިލާފަށް ޕާކްކޮށްގެން ޖޫރިމަނާ ކޮށްފައިވާ އެއންމެންގެ ޖޫރިމަނާ މަޢާފް ކުރެވިގެން ދާނެއެވެ. މި ބިލް މަޖިލީހަށް ހުށައަޅާފައިވަނީ ރައީސް އަބްދުﷲ ޔާމީން ޒުވާނުންނާއެކު ބޭއްވި ބައްދަލުވުމުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްގެން ކޮށްފައިވާ ޖޫރިމަނާތައް މައާފްކޮށްދެއްވުމަށް ބިލެއް ޙުށައަޅުއްވާނެކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް