މާރާމާރީގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދުމަށް ފުލުހުން އިއުލާނުކޮށްފި އެވެ.
ފުލުހުން ބުނެފައިވަނީ ފޮޓޯއިން ފެންނަ ރ. މަޑުއްވަރި، ދެތަނޑިމާގެ، އިބްރާހީމް ސަމީން (26އ) އަކީ، 2015 އޭޕްރީލް 04 ވަނަ ދުވަހު 20:23 ހާއިރު މ. އަސަރީ ގޭގައި ހިންގި މާރާމާރީގެ ތަޙުޤީޤަށް ހޯދަން ބޭނުންވެ، މިހާތަނަށް ފުލުހުން ކުރި މަސައްކަތުން ހޯދައި ނުފެނިފައިވާ މީހެއް ކަމަށެވެ.
އިބްރާހީމް ސަމީންއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް