ބުރުޒުމަގުގައި ހުންނަ ފިހާރައެއްގެ ސޭޓެއް ގަޔަށް ވަޅިހަރައި ޒަހަމްކޮށްލައިފި އެވެ.
ޒަހަމްކޮށްލާފައިވަނީ ބުރުޒުމަގުގައި ހުންނަ "ފެންޒީ ސްޓޯރު"ގެ ސޭޓަށެވެ. ދުވަހަށް މައުލުމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިކަން ހިނގީ މިއަދު 11:27 ހާއިރު ކަމަށާއި މިކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ސޭޓަށް ހަމަލާދިނީ ބިދޭސީއެކެވެ. ހަމަލާދިންކަމަށްވަނީ ދަރަންޏަށް އެއްޗެހި ދޫކުރަން ދެކޮޅު ހެދުމުންނެވެ. ބިދޭސީ މީހާ ސޭޓަށް ހަމަލާދިނީ ފިހާރަތެރޭގައި އޮތް ވަޅިއަކުންކަމަށް މަންޒަރުދުށް ފަރާތްތަކުން ބުނެ އެވެ.
ޒަހަމްވި މީހާއަށް ފަރުވާ ދިނުމަށް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އޭނާގެ ހާލު ސީރިއަސް ނޫންކަމަށް ހޮސްޕިޓަލުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް