މިދިއަ އާދީއްތަ ދުވަހުގެރޭ ހުޅުމާލޭގައި ކާރަކާއި ސައިކަލެއްޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ޒުވާނަކު މަރުވެފައިވާއިރު އެ އެކްސިޑެންޓް ހިނގި ސީނުން މަސްތުވާތަކެތި ފެނުނުކަމަށް ފުލުހުން ބުނެފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުން މަޑުކުރަން އެންގުމުން އެ ސައިކަލު މަޑުނުކޮށް ދުއްވާފައިދިޔައިރު މަގުމައްޗަށް އެއްޗެއް އެއްލާލި މަންޒަރު ފުލުހުންނަށް ފެނުނު ކަމަށާއި ފުލުހުންގޮސް ބެލިއިރު މަސްތުވާތަކެތި އަޅާފައިހުރި ހަ ސެލޯފިންކޮޅު ފެނުނު ކަމަށެވެ.
އެ އެކްސިޑެންޓްގައި ޒަހަމްވި ދެމީހުންގެ ތެރެއިން އެކަކު މަރުވެފައިވާއިރު އަނެއްމީހާއަށް އައިޖީއެމް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. ފަރުވާ ދެމުން އަންނަ މީހާގެ އަތާއި ފައި ބިނދިފައިވާކަމަށް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް