މެންޗެސްޓަރ ޔުނައިޓެޑްގެ ޕޯޗުގަލް ވިންގާ ލުއިސް ނާނި ތުރުކީގެ ފެނަބާޗޭއަށް ސޮއިކޮށްފިއެވެ.
ލޯނެއްގެ ދަށުން މިދިޔަ ސީޒަނުގައި ސްޕޯޓިންގް ލިސްބަންއަށް ކުޅުނު ނާނި ފެނަބާޗޭއަށް ސޮއިކުރީ 3 އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން، 4.3 މިލިއަން ޕައުންޑްގެ އަގަކަށެވެ.
ޔުުނައިޓެޑްގައި ނާނި 8 އަހަރު ހޭދަކޮށްފައިވާއިރު، އޭނާ ފެނަބާޗޭއަށް ސޮއިކުރީ ޔުނައިޓެޑާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ ތިން އަހަރު އޮއްވައެވެ. ސްޕޯޓިންގް ލިސްބަންއިން 2007 ވަނަ އަހަރު ޔުނައިޓެޑަށް ބަދަލުވި ނާނި ވަނީ އެޓީމަށް 40 ލަނޑު ކާމިޔާބުކޮށްދީފައެވެ.
ނިމިގެންދިޔަ ސީޒަނުގައި ލޯނު އުސޫލުގެ ދަށުން ސްޕޯޓިންގް ލިސްބަންއަށް ކުޅުނުއިރު، ނާނި ވަނީ އެޓީމަށް 11 ލަނޑު ކާމިޔާބުކޮށްދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް